ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ފަން ރަން ކުޅުދުއްފުށި: އަތޮޅުތެރޭގައި ބޭއްވުނު އެންމެ ބޮޑު ދުވުން!

އުރީދޫ ފަން ރަން ކުޅުދުއްފުށި
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، އުރީދޫ ފަން ރަން މިއަދު ކުޅުދުއްފުށީ ސިޓީގައި ބާއްވައިފިއެވެ.

3000 އަށް ވުރެ ގިނަ ބައިވެރިންނާއެކު ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ މި ދުވުމަކީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވުނު އެންމެ ބޮޑު ދުވުމެވެ. މި ދުވުމުގައި ހދ. އަތޮޅުގެ އެކި ކަންކޮޅުތަކުން އެކު އުމުރު ފުރައިގެ މީހުން ބައިވެރިވެފައިވާކަން އުރީދޫއިން ފާހަގަކުރި އެވެ.

ދުވުން ފެށިގެން ދިޔައީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި މަކުނުދޫ ދާއިރާގެ މެންބަރު އޮނަރަބަލް މުހައްމަދު ރާއީ، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރާއި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުالله ނަދީމް އަދި މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމްގެ  އިތުރުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އަދި ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް ހިމެނޭހެން ދުވުންތެރިންނާއެކު އެކު އެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމުގެ އިތުރުން، އިތުރު ހަރަކާތްތަކެއް ހިމެނޭ ދުވުމެކެވެ.

މިއީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދުވުންތެރިން ދުވެ ނިންމާ ކޮންމެ ކިލޯމީޓަރަކީ ކުލަތަކާއި، އިންފްލެޓްބަލް އޮބްސްޓެކްލްސް، ފޯމް ޕާޓީއެއް ފަދަ މަޖާ ހަރަކާތްތަކާއކު ބައިވެރިންނަށް މި ދުވުމަކީ ކަސްރަތުގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެން ދާ ދުވުމެކެވެ. އެހެންކަމުން މި ދުވުމުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް އަދި ދުވުމުގެ ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް ބައިވެރިވެވޭ ދުވުމަކަށް ވެގެންދެއެވެ.

ކުޅުދުއްފުށީ ސިޓީގައި އުރީދޫ ފަން ރަން ބާއްވައި، މި މަޖާ ހަރަކާތް ހދ.އަތޮޅުގެ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފާއި، ކައުންސިލްގެ މެންބަރުން، މި ޙަރަކާތަކީ ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް ހެއްދެވުމުގައި ދެއްވި ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ބައިވެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި ހިތްވަރަކީ ހަގީގަތުގައި ވެސް އުފާވެރި ކަމެކެވެ. ހުރިހާ އުމުރެއްގެ މީހުން ވެސް އާއިލާ އާއި ރައްޓެހިންނާ އެކު މި ހަރަކާތުގައި ބައިވެރިވެ އުފާވެރި ވަގުތުތަކެއް ހޭދަކުރެވިގެން ދާތަން ފެނިގެން ދިއުމަކީވެސް އަޅުގަނޑުމެންނަށް ލިބުނު އުފާވެރިކަމެއް. ކުރިއަށް އޮތް ތަނުގައިވެސ މި ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ހދ އަތޮޅުގައި ބޭއްވިގެންދާނެކަމުގެ ޔަގީންކަން އަރުވަން.

އުރީދޫ މޯލްޑިވްސް އިން މިހާރު ވެސް އަންނަނީ މި އަހަރުގެ ފަހުކޮޅު ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގެ ކުރިއަށް އޮތް އެޑިޝަނަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރައްޖޭގެ އިތުރު ސަރަޙައްދުތަކަށް ފުޅާކޮށް، ވީހާވެސް ގިނަ ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: