ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންޑާރަނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު. ފޮޓޯ: އޭޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެމްބަރުންނެވެ.

ބަންޑާރަނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު ޕީޕީއެމް، އާއި ޕީއެންސީ އަދި ޖޭޕީގެ އިތުރުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުންއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރެޑްވޭވް ސަލީމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ އިތުބާރު ނެތްކަ،ުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން މައްސަލަ މަޖިލީހަށް ހުށަހެޅީ 10 މެމްބަރުންގެ ސޮޔާއިއެކު ކަމަށާއި އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމު ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސްވެރިންތަކެއް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހުނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބައެއް ދިވެހި ސަރުކާރުން މޮރިޝަސްއަށް ވިއްކާލުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: