ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދަން ބަޖެޓުގައި 10 މިލިއަން ރުފިޔާ!

ޗާގޯސްއާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަހާލެވުނު ގޮތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) މައްސަލައިގައި ގެއްލުނު ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 10 މިލިއަން ހިމަނައިފިއެވެ.

ބަޖެޓު ކޮމިޓީގެ އެންމެ ފަހު މަސައްކަތްތައް ކުރިއަށް ގެންދިޔައީ ރޭގައެވެ. މި ކޮމިޓީ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އޮފީޙުގެ (އޭޖީ) ބަޖެޓަށް އިތުރުކުރުމަށް ސަރުކާރުން ވަނީ ބައެއް ކަންކަން ހުށައަޅުއްވާފައެވެ. އެގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ކަނޑޫން ގެއްލުނު ބައި ހޯދުމުގެ ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އެ އޮފީހުގެ ބަޖެޓަށް އިތުރު ކޮށްފައިވާކަމަށެވެ.

ކޮމިޓީއިން އޭޖީ ކޮފީހުގެ ބަޖެޓު ފާސްކޮށްފައިވަނީ މި އަދަދާއިއެކުއެވެ.

ރާއްޖޭގެ ކަނޑުގެ ސަރައްހަދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައިވެސް ހިމެނޭ، އެމަނިކުފާނުގެ މުހިންމު ވައުދެކެވެ. ރާއްޖެއަށް ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ގެއްލުނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އިހުމާލާއިއެކު، ރަނގަޅު ސްޓޭންޑެއް ނުނެގުމުގެ ސަބަބުންކަމަށް އޭރު އިދިކޮޅުގައި އޮވެ، ޕީޕީއެމް/ޕީއެންސީއިން ތުހުމަތު ކުރިއެވެ. އަދި ކަނޑުގެ ސަރަހައްދު އަނބުރާ ރާއްޖެއަށް ލިބެންޖެހޭކަމަށް ވަކާލާތުކުރިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގެ ހުކުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ސާލިހު ވިދާޅުވެފައި ވަނީ އެއްވެސް ޒަމާނެއްގައި ޗާގޮސްއަކީ ދިވެހިންގެ ސިޔާދަތީ ބާރު ހިނގާތަނެއްކަމަށް ފެންނަން ނެތްކަމަށެވެ. އަދި ވިދާޅުވީ އެއީ ދިވެހިންގެ ތާރީހެއް އޮތް، އަދި ދިވެހި ރައްތިތުންގެ ތަނެއްކަމަށް ވަކާލާތު ކުރެވޭނީ ތާރީހީ ހެއްކާއި ކިތާބީ ހެކި ކުރެގެންކަމަށެވެ.

އެރޭގެ ޕްރެސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައިގައި، ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ކަނޑައެޅުމާއި ގުޅޭ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2017 ގައި ކުރިޔަށް ގެންދިޔައިރު ރާއްޖެއަށް ލިބިފައި ވަނީ ވަކާލާތު ކުރުމަށް އެންމެ ފަހު ފުރުސަތުކަމަށެވެ. އެކަމަކު އޭރު ވެސް ރާއްޖެއިން އެގޮތަށް ވަކާލާތު ނުކުރާކަމަށް ވިދާޅުވިއެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މި މައްސަލަ އިސްތިއުނާފް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެހެންކަމުން ބަޖެޓަށް އިތުރުކުރި 10 މިލިއަން ރުފިޔާއަކީ މިކަން ކުރުމަށް ހިނގާނެ ހަރަދެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: