ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުމުގެ 100 މިލިއަން ހޯދަން ދައުވާކޮށްފި

ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

2015 ގައި ކ. ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގު ބޯޓެއް އެރި މައްސަލައިގައި ކުރި 100 މިލިއަން ރުފިޔާގެ ޖުރިމަނާ ދައްކަން ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ނުދެއްކުމުން އެ މައްސަލައިގައި ކުންފުންޏާއި ދެކޮޅަށް ދައުވާކޮށްފި އެވެ.

މުތާ ރޯޔަލްގެ ޓަގުބޯޓަކާއި، މުތާ ގްރޭސްގެ ބާޖެއް އެ ރަށު ފަރަށް އެރީ 2015 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި މެއިންލޭންޑު ޝިޕިން ކުންފުނި ޖޫރިމަނާ ކުރީ އޭގެ ތިން އަހަރު ފަހުން 2018، މާޗު 14 ގައެވެ. ތިމަވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖުރިމަނާގެ އަދަދު ދައްކަން ކުންފުންޏަށް އެންގުމުން ކުންފުނިން އޮތީ އެ އަދަދު މައާފުކޮށްދޭން އެދި ހުށަހަޅާފަ އެވެ.

މި ހާދިސާގައި ފަރަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި 4،370 މީޓަރުގެ ސަރަހައްދެއް ހަލާކުވުމާއި، އޭގެ އަގު 100 މިލިއަނަށް ވުރެ ވެސް މައްޗަށް އަރާނެކަމަށް އިޕީއޭއިން ބުނެ އެވެ. ނަމަވެސް ގާނޫނުގައި ބަޔާންކޮށްފައި ވާ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާކަމަށްވުމުން އެ އަދަދު ދައްކަން ކުންފުންޏަށް އެންގީ އެވެ. ނަމަވެސް އަހަރުތަކެއް ވެ ފައިސާ ނުދައްކައި ތިބުމަށް ފަހު ޖުރިމަނާއަށް ލުޔެއް ދޭން އެދި ކުންފުނިން އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާއަށް ވެސް ހުށަހެޅި އެވެ.

އޭރު މިނިސްޓަރު އެންގެވީ އެއްވެސް ލުޔެއް ދެވެން ނެތްކަމަށާއި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށް ވެސް އެންގުމުގައި ވެއެވެ. އެކަމަކު މުއްދަތު ދިޔައިރު ވެސް ފައިސާ ނުދެއްކުމުން ދެން ފިޔަވަޅު އަޅައިދޭން އެދި އީޕީއޭއިން ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އަހަރުގެ ފަހުކޮޅު މައްސަލަ ކޯޓަށް ހުށަހެޅިއިރު، މިހާރު މައްސަލަ އޮތީ ފެށުމުގެ ކުރިން ދައުވާ ރައްދުވާ ފަރާތަށް ދައުވާއަށް ތައްޔާރުވާން ފުރުސަތު ދިނުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި އީޕީއޭގެ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ފައިސާ ނުދައްކައިގެން އީޕީއަށް އެޅޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށާއި، އެހެންވެ ޝަރީއަތުގެ ތެރެއިން އެ ފައިސާ ހޯދައިދޭން އެދި ހުށަހެޅީ ކަމަށެވެ. ރާއްޖޭގެ ފަރުތަކާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ބަހުސްތަކާއި މަޝްވަރާތައް ކުރަމުންދާއިރު މިފަދަ ބޮޑު އަދަދެއް ދައުލަތަށް ލިބެން ޖެހޭނަމަ، އެ ފައިސާ ހޯދަން ޖެހޭކަމަށް ނައީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: