ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުށިދިއްގަރު ފަރުގެ ޖުރިމަނާ ކުންފުނިން ނުދައްކައި ހަތަރު އަހަރު، 100 މިލިއަންގެ މައްސަލަ އޭޖީއަށް!

އީޕީއޭގެ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް ނައީމާއި، އެންވައިރޮމެންޓް މިނިސްޓަރު ޝައުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

2015 ގައި ކ. ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގު ބޯޓެއް އެރި މައްސަލައިގައި ކުރި 100 މިލިއަން ރުފިޔާގެ ޖުރިމަނާ ދައްކަން ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ނުދެއްކުމުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

މުތާ ރޯޔަލްގެ ޓަގުބޯޓަކާއި، މުތާ ގްރޭސްގެ ބާޖެއް އެ ރަށު ފަރަށް އެރީ 2015 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި މެއިންލޭންޑު ޝިޕިން ކުންފުނި ޖޫރިމަނާ ކުރީ އޭގެ ތިން އަހަރު ފަހުން 2018، މާޗު 14 ގައެވެ. ތިމަވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖުރިމަނާގެ އަދަދު ދައްކަން ކުންފުންޏަށް އެންގުމުން ކުންފުނިން އޮތީ އެ އަދަދު މައާފުކޮށްދޭން އެދި ހުށަހަޅާފަ އެވެ.

މި ހާދިސާގައި ފަރަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި 4،370 މީޓަރުގެ ސަރަހައްދެއް ހަލާކުވުމާއި، އޭގެ އަގު 100 މިލިއަނަށް ވުރެ ވެސް މައްޗަށް އަރާނެކަމަށް އިޕީއޭއިން ބުނެ އެވެ. ނަމަވެސް ގާނޫނުގައި ބަޔާންކޮށްފައި ވާ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާކަމަށްވުމުން އެ އަދަދު ދައްކަން ކުންފުންޏަށް އެންގީ އެވެ. ނަމަވެސް އަހަރުތަކެއް ވެ ފައިސާ ނުދައްކައި ތިބުމަށް ފަހު ޖުރިމަނާއަށް ލުޔެއް ދޭން އެދި ކުންފުނިން އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާއަށް ހުށަހެޅި އެވެ. ނަމަވެސް މިނިސްޓަރު ނިންމެވީ އެއްވެސް ލުޔެއް ނުދީ، އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި 15 ދުވަހުގެ މުއްދަތެއް ދީ މިނިސްޓަރު އެންގެވީ، އެ ފައިސާ ދެއްކުމަށެވެ.

މުއްދަތު ފަހަނަޅައި ގޮސް، ހަތަރު މަސް ވީއިރު ވެސް ޖުރިމަނާގެ ފައިސާ ނުދައްކާތީ އެ މައްސަލަ މިހާރު ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވާކަމަށް އީޕީއޭގެ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް ނައީމް “ސަންގު” އަށް ވިދާޅުވި އެވެ. ނައީމް ވިދާޅުވީ ފައިސާ ނުދައްކައިގެން އީޕީއަށް އެޅޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށާއި، އެހެންވެ ޝަރީއަތުގެ ތެރެއިން އެ ފައިސާ ހޯދައިދޭން އެދި ހުށަހެޅީ ކަމަށެވެ. ރާއްޖޭގެ ފަރުތަކާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ބަހުސްތަކާއި މަޝްވަރާތައް ކުރަމުންދާއިރު މިފަދަ ބޮޑު އަދަދެއް ދައުލަތަށް ލިބެން ޖެހޭނަމަ، އެ ފައިސާ ހޯދަން ޖެހޭކަމަށް ނައީމް ވިދާޅުވި އެވެ.

“ސަންގު” އަށް އެނގިފައިވާ ގޮތުގައި ޖުރިމަނާގެ ފައިސާތައް ދައްކަން ޖެހޭ ކުންފުންޏަކީ، ސަރުކާރުގެ އެކި މަޝްރޫއުތަކަށް ބޭނުންވާ ހިލަވެލިއާއި އަދި އެ ނޫންވެސް ކަންކަމުގައި ސަރުކާރާއި ގާތް ގުޅުމެއް ބާއްވާ ކުންފުންޏެކެވެ.

ރަސްފަރީ ފަރަށް ބޯޓެއް އަރައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ ދެއްކުމަށް ބާޖުގެ ކުންފުންޏަށް އެންގުމުން އެފައިސާ ވަނީ ދައްކާފަ އެވެ. އަދި ށ. ނޫމަރާ ފަށް ބާޖެއް އުރި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވެސް ދައްކަން ޖެހޭ އަދަދު 61 މިލިއަން ރުފިޔާއަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ލުޔެއްނުދީ ނުހުރެވޭނެ. އެހެންނޫންނަމަ ” މުތަ ” ނޫނީ ” މުއްތަ ” އެކޭނުކިޔާނެ. ތިޔަ ސަތޭކަ ޑޮލަރ ތިއޮތީ ލިބިފާކަމަށް ދެން ހީކޮށްލާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: