ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިނޯރިޓީ ލީޑަރުގެ އަމަލަކީ ދަށުދަރަޖައިގެ އަމަލެއް: އޭޖީ އޮފީސް

ބަނޑާރަ ނައިބު އިބްރާހިމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަދި މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމް، އޭޖީ އޮފީހުގެ ދެ އަހްނެހެން ވަކީލުންނަށް ފުރައްސާރަކޮށް ދެއްކިވާހަކަ އެ އޮފީހުން ކުށްވެރިކޮށްފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ ސަލީމް އެ އޮފީހުގެ އަންހެން ދެ ވަކީލަކަށް ފުރައްސާރަކޮށް ވާހަކަ ދެއްކެވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ/

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އޭޖީ ރިފްއަތު ހާޒިރުވެ ވަޑައިގެން ނެވި އިރު އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި ދެ ވަކީލުންގެ ގާބިލުކަމާއި މެދު ސަލީމް ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން ސަލީމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި އޭޖީގެ ދެފަރާތުގައި ތިބި ދެ އަންހެން ކުދިންނަށް 18 އަހަރު ފުރިފައިވޭތޯ ރިޔާސަތުގައި އައްސަވާފައެވެ.

ސަލީމްގެ އެ އަމަލު ކުށްވެރިކޮށް ދިވެހި ބަހާއި އިނގިރޭސި ބަހުން އޭޖީ އޮފީހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފަައިވަނީ އެ އޮފީހުން މަޖިލީހަށް ރިފްއަތުގެ އަރިހުގައި ހާޒިރުވި ދެ ވަކީލުންގެ ގާބިލިއްޔަތުކަމާއި މެދު ސުވާލު އުފައްދަވައި އެ ދެ ބޭފުޅުންގެ ޖިންސަށް ނިސްބަތްކޮށް ފުރައްސާރަވާ ގޮތަށް އޭދަފުށި ދާއިރާގެ މެމްބަރު ސަލީމް ވާހަކަ ދެއްކެވި ކަމަށެވެ. އޭޖީނއޮފީހުގައި މަސައްކަތް ކުރާ  އެއްވެސް މުވައްޒަފަކަށް ކުޑައިމީސް ބަސް ބުނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ،

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އެޓަރނީ ޖެނެރަލްގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވީ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި އެ އޮފީހުގެ ކައުންސެލް ޖެނެރަލް ކަމަށެވެ. އަދި އެ ދެބޭފުޅުންނަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ބުރަމަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ، އިލްމާއި ގާބިލްކަން ލިބިފައިވާ ބޭފުޅުން ކަމަށެވެ. އެދެބޭފުޅުންނަކީ 16 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ވަކީލުން ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ދައުލަތުގެ ތިން ބާރުން ކުރެ އެއް ބާރުގައި ރައްޔިތުން ތަމްސީލް ކުރުމަށްޓަކައި ހިމެނިވަޑައިގަންނަވާ މެމްބަރަކު، ދައުލަތް ތަމްސީލު ކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ އެންމެ ސީނިއަރ މަގާމްތަކުގައި ތިއްބެވި ދެ ބޭފުޅުންގެ ޖިންސްގެ ސަބަބުން އެ ބޭފުޅުންގެ ޤާބިލްކަމާއި ތަޖުރިބާއާއި މެދު ސުވާލު އުފައްދަވައި ވާހަކަ ދެއްކެވުމަކީ އެ އޮފީހަށާއި، ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އެންމެހައި އަންހެން ވަކީލުން ހިމެނޭ ގޮތުން އަންހެން ބޭފުޅުންނަށް އިހްތިރާމް ކުޑަކުރެއްވުމުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ މުޖުތަމައެއްގެ ގޮތުގައި ހުރިހާ ބޭފުޅުންގެ މަގްސަދަކަށް ވާންވާނީ އަދި މަސައްކަތް ކުރަންވާނީ މިންތީގެ ހަމަހަމަކަން ގާއިމްކޮށް އަންހެނުންނާ މެދު މުޖުތަމައުގައި ގެންގުޅޭ ނުރަނގަޅު ނުވަތަ ބޯދާ ތަސައްވުރުތައް ނައްތާލައި އަންހެނުން ބާރުވެރި ކުރުވުމަށް ކަމަށެވެ. އެގޮތުން ހުރިހާ ފަންތިއެއްގެ މަގާމުތައް އަދާކުރުމުގެ ފުރުސަތުވެސް ފަހިކުރުމާއި އަންހެނުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ގަދަރާއި އިހްތިރާމް ލިބިދެވޭނެ ވެށްޓެއް ގާއިމް ކުރުމަކީ އެންމެންގެ ވެސް ޒިންމާ އެއް ކަމަށް އޭޖީ އޮފީހުގެ ގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: