ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ!

އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުލްޢުޤޫބާތުގައި، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ، ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް، ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށްޓަކަައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ކުށެއްކަމަށް ކަނޑައެޅުމަށް އެކުލަވާލާފައިވާ ބިލުގެ ބޭނުމަކީ، ޤާނޫނުލްޢުޤޫބާތުގައި ބަޔާން ކުރާ އަމާންކަމާއި، ރައްކައުތެރިކަން އަދި އަހުލާގީ މިންގަނޑުތަކާއި ގުޅުން ހުރި ކުށްތަކުގެތެރޭގައި، ދިވެހި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ ގޮތުން ހިންގާ އަމަލުތައް ވަކި ކުށެއް ކަމަށް ކަނޑައެޅުމެވެ. އަދި ޒާތުގެ ކުށެއް ކަމަށް ބެލެވޭނެ އަމަލުތައް ސާފުކޮށް، ބަޔާންކޮށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށްވެސް އޭޖީ ގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކަކީ، އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި ބަދަލު ގެނައުން، އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން، އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން، އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހި ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: