ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ގޮތްފެއް ނޫން: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ގޮތްޕެއް ނޫންކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ޥާހަކަ ދައްކަވަމުން އަލީ ހުސެއިން ވަނީ މަޖިލީހަށް ހުށައެޅިގެން ދިޔަ ބިލު ހުށައެޅުއްވި ގޮތަށް ފާޑު ވިދާޅުވިދާޅުވެފައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ހޫށައެޅިގެން ދިޔަ މި ބިލުގައި މަޖިލީހުން ފާސް ކޮށްފައިވާކަމަށް ބުނެ ފާސް ކޮށްފައި ނުވާ ކަންތައްތައްތަކެއް ވާހަކަދެކެވިގެންދިޔަކަމުގައި އަލީ ހުސެއިން ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން 26/2020 ކިޔާ ގާނޫނެއް ފާސް ކޮށްފައި ނޯންނާނެކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިގެން ދިޔައީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނުކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތް ވާ ގޮތުގެ މަތިން ބިލުގެ ނަން އޭޖީ އޮފީހުން ރަނގަޅަށް ޖެއްސެވުމަށް އޭނާ ތަކުރާރުކޯށް ހަދުމަކޮށްދެއްވިއެވެ.

އެއީ ޒަމާނުންސުރެ ކަން ކުރަމުން އަންނަ ގޮތްކަމުގައިވީ ނަމަވެސް މިއީ ކަން ކުރަން ޖެހޭ ގޮތް ނޫންކަމުގައި ވިދާލުވެ އަލީ ހުސެއިން ފާހަގަކުރެއްވީ އޭއްޗެއްގެ ނަން އޮންނާނީ ބްރެކެޓުން ބޭރުގައިކަމަށާއި ބްރެކެޓުގައި އޮންނާނީ އޭޗަކަށް ދެވޭ ރިފަރެންސްކަމުގައެވެ.

ކުރީގައި އެޓާނީ ޖެނެރަލްއަކަށް ހުންނެވި ބޭފުޅާ އެގޮތަށް ކަންތައް ކުރެއްވީމައި އެބޭފުޅާގެ ކިބައިން ދަރިވަރުވެ ތިބި ބޭފުޅުން އެގޮތަށް ކުރިއަށް ގެންދަވަނީކަމުގައި އަލީ ހުސެިއން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަށް ގާނޫނުތަކަށް އިސްލާހު ހުށައެޅޭ އިރުގައި ރައްޔިތުންގެ މަޖިލީހުގައި އޮންނަ ޖެހޭ ކޮންސަލިޑޭޓެޑް ގާނޫނަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. ގާނޫނެއް ހެދިގެންދާއިރު އެތަކެއް އިސްލާހުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދަޅުވީ އެ އިސްލާހު ނުފެނިދާކަމަށެވެ. ގާނޫނެއް ދިރާސާކުރަން ބޭނުންކަމުގައިވާނަމަ މުޅި ގާނޫނު ފޮތް ބަރި ބަލަން ޖެހޭކަމަށާއި  އެއީވެސް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

އަލީ ހުސެއިން މިފަދައިން ވިދާޅުވުމާއިއެކު ރައީސް ނަޝީދު ދެންނެވީ އެބޭފުޅުން އެ މަސައްކަތް ކުރައްވަން ފަށާފައި ވަނިކޮށް އެޓާނީ ޖެނެރަލް ކުރައްވާ މަސައްކަތެއްގެ ގޮތުގައި މަޖިލީހުގައި ތިބި އެމްޑީޕީއާއި ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުންގެ އަގުލަބިއްޔަތުން ނިންމެވުމާއިއެކު އެމަނިކުފާނު އެ މަސައްކަތް ކުރިއަށް ގެންދެވުން މަޑުޖައްސަވާލީކަމުގައެވެ.

ނަމަވެސް އަލީ ހުސެއިން ވިދާޅުވީ ފަދައިން މިހާރުވެސް އެކަން ނުވެ އޮތްކަމަށް ފާހަގަކުރެވޭނަމަ އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ މަސައްކަތް ކުރެއްވުމަކީ އުދަގޫކަމަކަށް ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއާއިއެކު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސަށް އަލީ ހުސެއިން ދެންނެވީ  ރައްޔިތުންގެ މަޖިލީހަކީ ސަރުޚާރުގެ ގޮތްޕެއް ނޫންކަމަށެވެ. މިއީ ޒަމާނުންސުރެ ކަން ހިގަމުން އަންނަ އުސޫލުކަމަށާއި މިކަން ބަދަލު ކުރަން ޖެހޭކަމަށް އަލީ ހުސެއިން ފާހަގަކުރެއްވިއެެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބުނީމައި ބުނާހާ ކަމެއް ކުރަން އޮންނަތަނެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ.

މަޖިލީހުގައި ގާނޫނު ހެދުމުގެ އޮބްސޮލިއުޓް އޮތޯރިޓީ އޮންނާނެކަމަށާއި އެއް ތަނަކުން ގާނޫނުތައް ލިބޭނެ ގޮތް ހަދައި ގާނޫނުތައް ދިރާސާކުރުމާއި އަދި ޑްރާފްޓްކުރުމުގެވެސް ހުރިހާ ބާރެއް ލިބިގެންވަނީ މަޖިލީހަށްކަމުގައި ފާހަގަކުރެއްވިއެވެ. އަލީ ހުސެއިން ވިދާލުވީ ސަރުޚާރުގައި އެދެން ޖެހެނީ ރައްޔިތުންގެ މަޖިލީހަށް މިކަންތައް ނުވީމައިކަމުގައެވެ. އަދި ހަގީގަތުގައި މިއީ މަޖިލީހުގެ ޒިންމާއެއްކަމުގައި ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިއީ އެޓާނީ ޖެނެރަލްގެ އޮފީހާއި ހަވާލުކުރަން ޖެހޭ މަސައްކަތެއް ނޫންކަމަށާއި އެބޭފުޅުން ކުޜާނެ އެހެން މާ ބައިވަރު މަސައްކަތް ހުންނާނެކަމަށާއި އެގޮތުން ބައިވަރު ލީގަލް އެޑްވައިސް ޕެންޑިންގައި އެބަހުރިކަމަށް އަލީ ހުސެއިން ވިދާޅުވެ ފާހަގަކުރެއްވީ އެކަމަށްޓަކައި ވަގުތު ހުސްކޮށް މަޖިލީހުގެ ޒިންމާތައް މަޖިލީހުން އަދާކުރުން މާ ރަނގަޅުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: