ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާގެ މަރުގެ ތަހުގީގަށް ސީޕީ ހަމީދު މަނަދޫއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނ މަނަދޫ  އަންނާރުމާގެ ނައީމާ މޫސާ ގެ މަރުގެ ތަހްގީގް ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެރަށަށް ވަޑައިގެންފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވ ހަބަރެއްގައި ވާ ގޮތުން ސީޕީ ހަމީދު މަނަދޫ އަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެެވެ. މި ދަތުރުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.

މި ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މިއަދު ނ. އަތޮޅު މަނަދޫއަށް ވަޑައިގެން، އެރަށު ކައުންސިލާއި އެރަށުގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނާއި އާންމު މުވައްޒަފުންނާ ބައްދަލުުރައްވާފައެވެ. އަދި ނ. މަނަދޫ / އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލަައިގެ ތަހުގީގު ކުރިއަށްދާ ގޮތް ކައިރިން ބައްލަވާލައްވާފައިވެއެވެ. އަދި  ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

ނައީމާގެ ހަބަރެއް ނުވާތާ ދެ ދުވަސް ވުމުން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހުސްވި އޭޕްރިލް މަހުގެ 7 ވަނަ  ދުވަހު އިރުއޮއްސި 6:13 ހާއިރެވެ.

އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރި އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ.

ނައީމާގެ މަރާ ގުޅޭގޮތުން ފުލުހުން  ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

ނައީމާގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު ވަޅުލާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 08 ވަނަ ދުވަހުގެ ހަވީރު 05:20 ހާއިރުއެވެ.

ނައީމާ މަރަށް މަހެއް ވެފައިވާއިރުވެސް މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އެ ގުޅިގެން ސީޕީހަމީދު ވިދާޅުވީ، އެ ކުށުގެ ފަހަތުގައި ތިބި ކުށްވެރިން ހޯދުމަށް މަނަދޫގައި އޮފިސަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އިންވެސްޓިގޭޓަރުންނާއި ފޮރެންސިކް އަދި ލޯކަލް ޕޮލިސް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ނައީމާގެ މަރާއި ގުޅިގެން ފުލުހުން ވަނީ އޭނާ ދިރިއުޅުނު އަންނާރުމާގެ ފުރަގަހުގައި ހުރި ފަޅުގެއެއް ބަލައި ފާސްކޮށްފައެވެ.

މީގެ އިތުރުން ފުލުހުންވަނީ ނައީމާގެ ގާތިލް ހޯދުމަށް ރަށުގެ ރައްޔިތުންގެ ޑީއެންއޭ ސާމްޕަލް އާއި ފިންގަރ ޕްރިންޓް ނަގާފައެވެ. ސާމްޕަލްތައް ނެގީ އެއްވެސް މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭތީ ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ނައީމާ މަރުވެ އެ މަރަށް މަހަކާ ނުވަ ދުވަސް ވެފައި ވާއިރު އަދި މިހާތަނަށް އެކަމުގައި ޝާމިލްވާ ބަޔަކު ހޯދިފައެއް ނުވެއެވެ. ނައީމާ ގެ އިތުރުން މިފަދަ ބޮޑެތި ހާދިސާތަކުގައި ކުރިއަށްގެންދާ ތަހުގީގަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާކަން ހިތާމަޔާއެކު ފާހަގަ ކުރެވެއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: