ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އަހަރު ފަހުން، ފުލުހުންގެ މުސާރައަށް 35 އިންސައްތައިގެ ކުރިއެރުމެއް!

މާލޭގައި ބޭއްވި މުޒާހަރާއެއް ކޮންޓްރޯލްކުރަން އެސްއޯ ފުލުހުން ހަރަކާތްތެރި ވަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ ފުލުހުންގެ މުސާރަށް 35 އިންސައްތައަށް ބޮޑުކޮށްފިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މި ބަދަލު މި މަހުން ފެށިގެން އަންނާނެކަމަށެވެ.

އަލަށް އެކުލަވާލި ސްޓްރަކްޗާގައި ބޭސިލް ސެލެރީގެ އިތުރުން، މަގާމުގެ އެލަވަންސްއާއި، ކުރާ މަސައްކަތުގެ އެލެވަންސް ހިމެނެއެވެ.

މިއީ 2009 ގެ ފަހުން ފުލުހުންގެ މުސާރަ ބޮޑުކުރެވުނު ފުރަތަމަ ފަހަރުކަން ޝިފާން ފާހަގަކުރެއްވިއެވެ.

މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނައަށް ބޮޑު ކުރާނެކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: