ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ހިންގި މާރާމާރީގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފި

ފޮޓޯ: އިޔާން/އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީގައި މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާއި ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިނިސްޓަރ އޮފް ހޯމްލޭންންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ އައްޑޫގައި ހިންގި މާރާމާރީގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަރު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވާ ކަމަށެވެ.

މި މާރާމާރީއާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އައްޑޫގެ އަމާންކަން ދެމެހެއްޓުމަށް ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

އައްޑޫގައި ހުކުރު ދުވަހުގެ ރޭ ހިނގިމާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެ ޒުވާނާގެ ގިނަ ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ފަހުން މާލޭގައި ހިނގާދިޔަ މާރާމާރީއާއި އައްޑޫގައި ހިނގާދިޔަ މާރާމާރިއާއި ގުޅިގެން މާލެއާއި އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބަލެހެއްޓުމުގެ ގޮތުން ޙާއްސަ މަސައްކަތްތަކެއް ފުލުހުން ވަނީ ފަށާފައެވެ.

އެގޮތުން އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމްތަކެއް އައްޑޫސިޓިއަށް ފޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މާރާމާތިއާއި ގުޅުންހުރި ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: