ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯޝަލް މީޑިޔާ އެކްޓިވެސްޓް އަޝްރަފް ދޫކޮށްލައިފި

އަހްމަދު އަޝްރަފް (ޝުމްބާ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ވެހިކަލަށް އަރުވާފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކެނެރީ މަގުގައި ހިނގި މާރާމާރީއަކާއި ގުޅިގެން  ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކުރުމަށްފަހު އޭނާ ދޫކޮށްލާފިއެވެ.

އަޝްރަފް ދޫކޮށްލާފައިވަނީ އިއްޔެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށެވެ.

ފުލުހުން ޝުމްބާ ހައްހަރުކޮށްފައިވާކަމަށް ބުނެ އޭނާގެ ވަކީލު މުހައްމަދު ހަލީމް ވަނީ ޓުވީޓެއް ކުރައްވާފައެވެ. އަދި އޭނާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވަރުކުރަން ގޮސް ހުއްޓާ ކަމަށާއި ޝުމްބާ މާރާމާރީއެއް ނުހިންގާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ކެނެރީ މަގުގައި މާރާމާރީއެއް ހިނގާ ޝުމްބާ ހައްޔަރު ކުރިއިރު އެ ސަރަހައްދުގައި ސިފައިންގެ އޮފިސަރެއް ހިފަހަށްޓާ ކަޅު ދެލި އުނގުޅާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ސިފައިންގެ އޮފިސަރަށް ތުހުމަތު ކުރަނީ ކުޑަކުދިން އުޅޭ ކޮޓަރިއެއްގައި ކެމެރާ ހަރުކޮށް ވީޑިއޯ ކުރާ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން އެކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: