ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޅޮހުގައިވެސް އައު ޕޮލިސް ޕޯސްޓެއް ގާއިމުކޮށްފި!

މާޅޮހު ޕޮލިސް ޕޯސްޓު ހުޅުވުމުގެ ތެރެއިން: ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބ މާޅޮހުގައި ފުލުހުންގެ ޕޯސްޓެއް ގާއިމުކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން ހިއްސާކޮށާްފައިވާގޮތުން، މިހާރު އެ މުއައްސަސާއިން ވަނީ އަލަށް ގާއިމުކޮށްފައިވާ ޕޯސްޓުން ހިދުމަތްތައް ފަށާފައެވެ. ޕޯސްޓު ހުޅުއްވައިދެއްވީ ރާއްޖޭގެ ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއު އާއި މޯޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއުއެވެ.

މާޅޮޮހުގައި ޕޯސްޓު ހުޅުވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިންނާއި ސަރުކާރުގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ މުއައްސަސާއިން ހިއްސާކޮށްފައިވާގޮތުން އެ ހުރިހާ އެންމެން އިވެންޓުގައި ބައިވެރިވެވަޑައިގަތުމަކީ ރާއްޖޭގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ކޮމިޓްމެންޓް ދީފައިވާ މިންވަރު ރަމްޒުކޮށްދޭކަމަށެވެ.

ފުލުހުންގެ މުއައްސަސާއިންވަނީ ދާދި ފަހުން މި ފަދަ ޕޮލިސް ޕޯސްޓުތައް އެހެނިހެން ބައެއް ރަށްތަކުގައި ވެސް ހުޅުވައި ހިދުމަތްތައް ފަށާފައެވެ. އެގޮތުން ހެނބަދޫ އަދި ޅޮހީގައިވެސް ޕޮލިސް ޕޯސްޓު ގާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: