ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށިން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ، ބޯޓަކުން ދަތުރުކުރިކަން އެނގޭ: އާއިލާ

ކުޅުދުއްފުށި ސިޓީ----
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ އަބްދުﷲ އިބްރާހިމް އަދިވެސް ނުފެންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

އަބްދުﷲގެ އާއިލާއިން ސަންގަށް މައުލޫމާތު ދެމުން އާއިލާއިން ބުނީ އަދިވެސް ނުފެންނަ ކަމަށާއި، ނަމަވެސް އިއްޔެ އޭނާ ކުޅުދުއްފުށިން މާލޭ ދަތުރު ކުރާ ބޯޓަކުން މާލެ ދިޔަކަން ކަށަވަރުވެފައިވާ ކަމަށެވެ.

ނަމަވެސް އޭނާ ބޯޓުން މާލޭ ދިޔަކަމަށް ބުނާއިރު، އަދިވެސް އޭނާ އަށް ގުޅޭނެ ގޮތެއް ނެތް ކަމަށްވެސް އާއިލާއިން ބުންޏެވެ.

އަބްދުﷲގެ ހަބަރެއް ނުވާތީ އާއިލާ ވަނީ އޭނާ ވީތަނެއް ނޭނގުމުގެ ސަބަބުން ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އާއިލާ އިން ބުނީ އޭނާ ގެއްލިގެން ހޯދަން ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ގެއިން ނިކުމެގެން ދިޔަފަހުން ކަމަށެވެ. މިހާރު އޭނާ މާލޭގައި ކަމަށްވާއިރު، އޭނާ އާއިލާ އަށް އެއްވެސް ވަރަށްކަށް އަދި ގުޅޭ ގޮތެއް ނުވާކަމަށެވެ. ނަމަވެސް ފުލުހުންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: