ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ހުންނެވީ ވެރިކަމުގެ ހުވަޔާއި ހިލާފުވެގެން: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވެރިކަމުގެ ހުވަޔާއި ހިލާފުވެފައިކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޓުވީޓެއްކުރައްވާ ވަހީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައިރު، ދިވެހިރާއްޖޭގެ މަސްލަހަތާއި، ގާނޫނު އަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ ސަރަހައްދުގެ ދިފާއުގައި ރައީސް ސާލިހު އެއްވެސްކަމެއް ކުރައްވާފައިނުވާކަމަށެވެ. އަދި އޭނާ ވަނީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ރައީސް ސާލިހު ކުރެއްވި ހުވާގެ ބައެއް ހިއްސާކުރައްވާފައެވެ.

ހުވާގައި ރައީސް ސާލިހު ވަނީ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހުލާސްތެރިވުމަށްވެސް ވައުދުފައެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީ އާއި، ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހުރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު އަދާކުރުން މަތީ ދެމިހުރުމަށްވެސް ހުވާކުރައްވާފައެވެ.

ވަހީދު ވިދާޅުވީ ރައީސް ސާލިހު މި ހުވަޔާއި ހިލާފުވެފައިވާކަމަށެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޗާގޮސްގެ މައްސަލައިގައި ބަހުސްތައް ފެށިފައި ވަނީ، މި މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލައިގައި ހުކުމްކުރުމުންނެވެ.

މިއީ އައްޑޫގެ ދެކުނުން އޮންނަ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޗާގޮސް އާއި ރާއްޖެ ދެމެދުގެ ކަނޑުގެ ސަރަހައްދުގެ އިހްތިސޯސް ފުށުއަރާކަމަށް ބުނެ އެ ގައުމުން ބައިނަލްއަޤުވާމީ ޓްރައިބިއުނަލަށް 2019 ގައި ހުށަހެޅި މައްސަލައެވެ. ކަނޑުތަކާއި ބެހޭ އދ. ގެ މުއާހަދާތަކުގައި ވާގޮތުން، ވަށައިގެން ކަނޑު އޮންނަ ގައުމުތަކުގެ ހިކި ފަސް ބިން ނުވަތަ އައްސޭރިފަށުން ފެށިގެން 200 މޭލު އެ ގައުމެއްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒީން (އީއީޒެޑް) ގެ ގޮތުގައި ކަނޑައެޅޭނެއެވެ.

އެއަށް ފަހު ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބަލައިގަތުމަށް އދ. ގައި ވޯޓު ދިނުމަށް އެއްބަސްވެފައިވާކަމަށް ދިވެހި ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހާމަ ކުރިއެވެ. މީގެ ކުރިން ރާއްޖެއިން އަބަދުވެސް ވޯޓު ދެމުން އައީ އިނގިރޭސިވިލާތާއި އެއްކޮޅަށެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް އެކަން ހާމަކުރީ، ކަނޑުގެ މައްސަލައިގެ އަޑުއެހުމުގައެވެ. އެހެންވެ ގިނަ ބަޔަކު އެކަމާއި ސުވާލު އުފެއްދީއެވެ.

މި މައްސަލައިގައި އިދިކޮޅުން ދިވެހި ސަރުކާރުގެ މައްޗަށް ރިޝްވަތާއި، ބޮޑެތި ޑީލްތަކުގެ ތުހުމަތު ކުރެއެވެ. އަދި ކުރީގެ ބަންޑާރަ ނައިބުން ވެސް ވަނީ ސަރުކާރުގެ ނިންމުމާއި މެދު ސުވާލު އުފައްދާފައެވެ. މި މައްސަލައިގައި މަޖިލީހުގައި ވެސް ބަހުސްތައްކޮށް، ޕެޓިޝަންތައް ހެދުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ރިފްއަތުގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތައް ކުރެއެވެ. އަދި މި މައްސަލައިގައި ރައީސް ސާލިހު މޮރިޝަޝްއަށް ފޮނުވި ސިޓީގައި ޑިއޭގޯ ގާސިޔާ ސަރަހައްދަށް ރާއްޖެ މެދުވެރިކޮށް ދެވޭނެ ގޮތް ހަދާދޭނެކަމަށް ބުނެފައިވާކަމަށާއި، ހަނގުރާމައަކަށް މަގުފަހިވެދާނެ ވާހަކަތައްވެސް އެ ސިޓީގައި އެބަހުރިކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: