ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރު ފަހުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޑިމޮކްރެޓްސް: ވައްޑޭ

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2028 ގެ ރިޔާސީ އިންތިހާބު ދަ ޑިމޮކްރެޓްސް ކާމިޔާބު ކުރާނެކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ހަތް އިންސައްތަ ލިބުނު ޑިމޮކްރެޓްސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް އެ ޕާޓީގެ އިސްބޭފުޅުން މިހާރު ބުނަމުން ދަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބައިވެރިވުން އޮންނާނެ ކަމަށެވެ.

ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބޮޑު ބަދަލެއް އައުމުގައި އިސްރޯލެއް އަދާކުރީ ޑިމޮކްރެޓްސް ކަމަށެވެ. އެހެންކަމުން އަނެއްކާވެސް އައު މަސައްކަތާއި އެކު ހިނގައިގަތުމަށް ތައްޔާރުވަމުން ދަނީ މީގެ ފަސް އަހަރު ފަހުން ބައްވާނެ ރިޔާސީ އިންތިހާބަށްކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި، ކުރިޔަށް އޮތް އެހެން އިންތިހާބުތައް ވެސް ޑިމޮކްރެޓްސް ކާމިޔާބު ކުރާނެ ކަމަށެވެ. އުފެދުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ ވެސް ޑިމޮކްރެޓްސްކަން ފާހަގަކޮށް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ތިންވަނަ ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބެއްކަމަށް އޭނާ ވިދާޅުވީ އެބޭފުޅުންގެ ނިންމުމަކަށް ދެން ދެވަނަ ބުރުގެ މުޅި ނަތީޖާ ބުރަވުމެވެ.

ޕާޓީގެ އޮނިގަނޑާ އެއްގޮތަށް ޕާޓީ މި މަސައްކަތް ފަށައިގަންނަނީ. އަސާސްތަކާއި އެއްގޮތަށް މިހާރުވެސް ކުރިއަށްދާން ފަށައިފި

މީގެ އިތުރުން ވަހީދު ވިދާޅުވީ ދަ ރިޕަބްލިކަން އިންސްޓްޓިއުޓް އިން ކުރި ދިރާއިން އެގުނު ގޮތުގައި، ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް އިތުބާރު ކުރަނީ އެންމެ ތިން އިންސައްތަ ރައްޔިތުން ކަމަށެވެ. އެހެންކަމުން އެޕާޓީ ނުކުތީ އެކަން ބަދަލު ކުރައްވާ، ރާއްޖެ ބަދަލު ކުރެއްވުމުގެ ވިސްނުމުގައި ކަމަށެވެ. ޑިމޮކްރޭޓްސް ޕާޓީގެ މަސައްކަތަކީ ސިޔާސީ ޕާޓިތަކަށް ގެއްލިފައިވާ އިތުބާރު ހޯދައިދިނުން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ޑިމޮކްރޭޓްސް ޕާޓީ އުފެއްދީ މި އަހަރު މޭމަސް ތެރޭގައެވެ. އެ ޕާޓީ އަކީ އެމްޑީޕީގެ12 މަޖިލީސް މެމްބަރަކު ޕާޓީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީއެކެވެ. ޕާޓީ އުފެއްދިތާ 4 ވަނަޔަށްވީ މަހު ރިޔާސީ އިންތިހާބުގެ ފުތަތަމަބުރުގެ ވޯޓްލުންވަނީ ކުރިއަށްވަނީ ގެންގޮސްފައެވެ. އިންތިހާބުގައި އެޕާއީން ވާދަކޮށް ލިބިފައިވަނީ 15000 ވޯޓެވެ. އެއީ އިންތިހާބުގެ ނަތީޖާގެ ޖުމްލަ 7 އިންސައްތައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: