ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު މަހަށް ދިއުންވެސް ނުރައްކާތެރިވެއްޖެ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މަސްވެރިން ރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައި އެތައް ހާސް އަހަރުތަކެއް ވަންދެން ކުރަމުން އައިސްފައިވާ މަސައްކަތްތައް މިހާރު ނުރައްކާތެރިކަމަކަށް ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދުވަނީ މީގެ ދުވަސްތަކެއް ކުރިން އިންޑިއާގެ ސިފައިންތަކެއް ދިވެހި މަސްދޯނިތަކަކަށް އަރައި ބިރުދައްކާފައިވާ މައްސަލައިގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، މިފަހުން އިވިގެންދިޔައީ ރާއްޖޭގެ އިމުގެ ތެރެއަށްވަދެ މަސްވެރިންތަކަކަށް ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި ވާހަކަ ކަމަށާއި އެކަން ދެވަނަ ދުވަހެއްގެ މަތިން ތަކުރާރުވެ އެތައް ބަޔަކަށް އެ ނުރައްކާތައް ކުރިމަތިވިކަންވެސް ސަމާލުކަމަށް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ދިވެހި މަސްވެރިން އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އެތައް ހާސް އަހަރުތަކެއް ވަންދެން ކުރަމުން އައިސްފައިވާ މަސައްކަތްތައް ކުރުން މިއަދު ބިރުވެރިކަމަކަށް ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއަށް ޖަވާބުދާރީވުމަށް އެދި ސިޓީއެއް ފޮނުވާފައިވާކަމަށާއި ޑިފެންސް މިނިސްޓްރީއިން މައްސަލައާއި ގުޅިގެން ނެރުނީ ލޮނު މަޑު ބަޔާނެއްކަމަށް ވިދާޅުވިއެވެ.

“ސިޓީއެއް ފޮނުވިކަމަށް އެ ބޭފުޅުން އެބަ ވިދާޅުވޭ އަދި ޑިފެންސް މިނިސްޓްރީއިން ވަރަށް ލޮނުމަޑު ބަޔާނެއް ނެރުއްވާފަ އެބައޮތް އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނޭ އެބޭފުޅުންގެ ސިޔާސީ މަސްލަހަތު ސިޔާސީ ޝައުގުހުންނަ ކަންކަމުގައި ބަރިބަރިއަށް ވަޒީރުންނާއި ރައީސުލްޖުމުހޫރިއްޔާ އަރުއްވައިގެން ބައިސާތައް ކަނޑުއްވާ އެކަމަކު މިހާ ހުތޫރަތްތެރި މިހާ ބޮޑު މިހާ ސީރިއަސް މައްސަލައެއްގައި ބަޑި ހިފައިގެން ދިވެހި އޮޑިތަކަށް އަރައިފިކަން އެނގޭއިރު އެކަމުގެ މައުލޫމާތު ނުދިން”

އޭނާ ވިދާޅުވީ، ޕީއެންސީ ޕީޕީއެމްގެ ސިޔާސީ މަސްލަހަތު ހިމެނޭކަންކަމުގައި ރައީސްގެ އިތުރުން ވަޒީރުންވެސް ހިމެނިވަޑައިގަންނަވާގޮތަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ “ބައިސާތައް ކަނޑުއްވާ” ކަމަށާއި އެހެންނަމަވެސް މިވަރުގެ ބޮޑު މައްސަލައެއްގައި ރައްޔިތުންނަށް ކަން ހިނގި ގޮތުގެ މައުލޫމާތުވެސް ނުދޭކަމަށް ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، އެކަމުގެ މައުލޫމާތުތައް އެނގޭ އިރު ނުދީ ތިބުމަކީ ރާއްޖޭގެ ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ޒިންމާތައް އެޅިފައިވާ ބައެއް ވެފައިވާ ބޮޑު އިހުމާލެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: