ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރު ކައުންސިލް ހިޔާނާތް: ކުށުގެ އިއުތިރާފު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރަނީ

ދުވާފަރު ކައުންސިލްގެ ބައެއް މެމްބަރުން--
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރާ، ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިންގ ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށް ފަހު، ދައުވާކޮށްދިނުމަށް ނިންމާފައިވާ 8 މީހުންގެ ތެރޭގައި އެކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.

އެ މައްސަލައިގައި ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ކައުންސިލް މެމްބަރުން ސަސްޕެންޑުކޮށްފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބު އެކަށީގެންވާ ގޮތެއްގައި އަދާނުކުރުމާއި، މަސައްކަތަށް އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާތީ އެވެ.

މީގެއިތުރުން ކައުންސިލްގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އެބައޮތްކަމަށް އެލްޖީއޭއިން މައްސަލައިގައި އާއްމު ކުރި ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި މެމްބަރުންގެ މައްޗަށް ކުރާ ތުހުމަތުތަކާއި، އެ ތުހުމަތުތައް ބިނާވެގެން އައި ގޮތުގެ ތަފްސީލުތައް ވަނީ ހިމަނާފަ އެވެ.

އެހެންވެ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން،  ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. ދައުވާކޮށްދެން އެދި ފޮނުވީ، މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

މި މައްސަލަ މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ޝަފީއު ވިދާޅުވީ ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލައިގައި ޕީޖީގެ ވިސްނުން ހުރީ އެފަދަ މައްސަލަތަކުގައި އަމަލު ކުރާ އިޖުރާއަތްތަކުގެ ދަށުން އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލުމަށް ކަމަށެވެ. އެކަމަކު އެއީ ދައުލަތުން އެދިގެން ތޯ، ނުވަތަ މެމްބަރުން އެދިގެންކަމެއް ސާފެއް ނޫނެވެ.

މައްސަލައިގެ ރިޕޯޓުން އެނގުނު ގޮތުގައި ކޮވިޑުގެ ދުވަސްވަރު ދުވާފަރު ކައުންސިލް މެމްބަރުން ވަނީ އަމިއްލަ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފަ އެވެ. އަދި ތިޖޫރީން ނަގުދު ފައިސާ ނެގުމާއި އެކު، އަމިއްލަ ބޭނުންތަކަށް ފައިސާތައް ނެގިކަމުގެ ތުހުމަތު ކުރެވެ އެވެ.

މީގެއިތުރުން މުސާރަ ނެގުމުގައި ވެސް އޮޅުވާލުންތަކެއް ހިމެނޭކަމުގެ ތުހުމަތުތައް ކުރެވެ އެވެ.

އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު، ހާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ތަހުގީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ދެ މަސް ދުވަހުގެ ތެރޭގައި ފޮނުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: