ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ސައުދަށް އަނިޔާވެ އޭޑީކޭގައި ފަރުވާދެނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިނގިލި ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސައިން އެކްސިޑެންޓްވެ އޭޑީކޭގައި ފަރުވާ ހޯއްދަވަން ފަށައިފިއެވެ.

ސައުދު އެކްސިޑެންޓްވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ބްރިޖްގެ ހައިވޭގައި އެމަނިކުފާނު ދުއްވަމުން ގެންދެވި ސައިކަލުގައި ޕިކަޕަކުން ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އާއިލާ ބޭފުޅަކު “ސަންގަށް” މައުލޫމާތު ދެއްވައި ވިދާޅުވީ ސައުދުގެ ހާލު މިވަގުތު ރަނގަޅު ކަމަށާއި ޑޮކްޓަރުން ވަނީ ފަރުވާ ދިނުމަށްފަހު ވޯޑަށް ދޫކޮށްލާފައި ކަމަށެވެ. އަދި ސައުދަށް ލިބުނު އަނިޔާތައް ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ ސައުދުގެ ވާތު ކުޑަހުޅާއި ކަކުލު ހުޅާއި ކޮނޑުހުޅުގެ މަސްތައް އިރައިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ކައްޓަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

މިއަދު މެންދުރު 11 ޖަހާކަށް ހާއިރު ހުޅުމާލެއިން ބްރިޖް ހައިވޭގެ ސޯލަރ ޕެނަލްތައް ހަރުކޮށްފައިވާ ހިސާބުން މެމްބަރު ސައުދު މަޑު ދުވެލީގައި ސައިކަލު ދުއްވާފައި ދިޔަ ވަގުތު އޭނާގެ ކުރިން ދަތުރުކުރަމުން ދިޔަ ޕިކަޕެއް ކުއްލިއަކަށް ހުއްޓުމުން އެކްސިޑެންޓް ވީ ކަމަށް އާއިލާގެ މެމްބަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ބްރިޖް ހައިވޭމަތީގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެން އެކްސިޑެންޓެއް ހިނގައި ދިޔަ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ އަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: