ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް މީހުން ބާކީވާކަމުގެ އިހުސާސްވާން ފަށައިފި: މެމްބަރު ސައުދު

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް ހަފްތާއެއް ނުވަނީސް ވެރިކަމުގެ މައި ޕާޓީ އަށް ނިސްބަތްވާމީހުން ބާކީވާ ކަމުގެ އިހުސާސްވާން ފަށައިފި ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ މިދިޔަ ފަސްއަހަރަކީ ރައްޔިތުންނަށް ވަރަށް އަމާން އޮމާން ފަސް އަހަރެއްކަމަށް ގަބޫލު ކުރަން ފުރުސަތު މި ދިޔަ ސަރުކާރުން ދިން ކަމަށާއި، ނަމަވެސް މި ސަރުކާރު އައި ފަހުން ފެންނަނީ އެމަންޒަރު ނޫން ކަމަށެވެ. ގައުމު އަނެއްކާ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ގޮސްދާނެ ކަމުގެ ބިރު ހީވާން ފަށާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.

ޕާޓީ ތަކުގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުން އިތުރުވެ ގައުމު މިދަނީ ކަންބޮޑުވުމެއްގެ ތެރެއަށް ކަމަށެވެ. މިފިޔަ ސަރުކާރުން ވިސްނީ ރައްޔިތުންގެ ހަމަޖެހުން ކަމަށާއި، ނަމަވެސް މި ވީ މަދު ދުވަސްތަކުގައި އެފަދަ ކަންކަން ފެނިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ފާއިތުވި ފަސް އަހަރަކީ ރައްޔިތުންނަށް ވަރަށް އަމާން އޮމާން ދުވަސްތަކެއް . ހަމަޖެހިގެން ގައުމު ބިނާކުރުމަށް ލިބިބުނު ދުވަސްތަކެއް.”

ސައުދު ވިދާޅުވީ މިދިޔަ ފަސް އަހަރަކީ އިންސާނީ ހައްގުގައި ނަމޫނާ ދެއްކެވި ސަރުކާރެއްގެ ފަސް އަހަރު ކަމަށެވެ. ސިޔާސީ ފިކުރު ތަފާތު ވުމަކުން މައްސަލައެއްކަމަށް އޭރު ނުދެކޭ ކަމަށެވެ. އަދި މިކަންކަން ވަރަށް ރަނގަޅަށް ތަޖުރިބާވެސް ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަމާން ކަމާއި އޮމާން ކަމާއެކު ވެރިކަން ކުރެވޭނެ ކަމުގެ މިސާލުވެސް މި ދިޔަ ފަސް އަހަރުގައި ދައްކާއިފައިވާ ކަމަށެވެ. ނަމަވެސް ޑރ. މުއިއްޒުގެ ވެރިކަން ގާއިމްވެ މާ ގިނަ ދުވަހެއް ނުވަނީސް ފެންނަން ފެށީ އެދެވޭ މަންޒަރުތަކެއް ނޫންކަމަށާއި، ވެރިކަން ކުރަން އުޅޭ ޕާޓީ މައި ޕާޓީ އާއި ކޯޅޭ ތަން ކަމަށެވެ.

ސަރުކާރުގެ މިހާ ކުރީކޮޅިގައި ޕާޓީ ބާކީވާކަމުގެ އިހުސާސް ވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވެސް ސައުދު ވިދާޅުވިއެވެ. މިހާރު ކަންތައް ހިނގާ ގޮތުން ޕީޕީއެމް އަށް ނިސްބަތްވުމަކީ ޕީޕީއެމްގެ މީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޕީޕީއެމް އަށް ނިސްބަތްވުމުން ވަޒީފާއެއް ނުލިބޭނެ ކަމުގެ ބިރުވެސް އެފަދަ މީހުންގެ އެބައޮތް ކަމަށާއި، މިހާރު ވަޒީފާގައި ތިބި މީހުން ވަޒީފާތަކުން ވަކި ކޮށްލާނެ ކަމުގެ ބިރުވެސް އެބަ އޮތް ކަމަށެވެ.

މިވާހަކަތައް ދައްކަމުން ސައުދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސައުދު ވިދާޅުވީ ގައުމީ ދިދަ ދައްކައިގެން މި އުޅެނީ ކޮން ގައުމިއްޔަތެއް ދިރުވުމަށްތޯ ވިދާޅުވެ ސުވާލު އުފެއްދެވިއެވެ. ގައުމުގެ ދިދަ ފްރޮންޓް ލައިނަށް ނެރެގެން މި ކުރަން އުޅެނީ ގޮތް ނޭނގޭ ވެރިކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު މިފަދައިން މިއަދުގެ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަދައްކާފައިވާއިރު، ސަރުކާރު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީންގެ ތެރޭގައި މައްސަލަ ތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔަމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން ސްޓިއަރިން ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ. އަދި އެ ކޮމެޓީން ޕީޕީއެމް ހިންގުމާއި ހަވާލުވެ އެކަން ވަނީ ރޭ އިއުލާނުވެސް ކުރައްވައިފައެވެ.

އަލަށް ޕީޕީއެމުން އުފެއްދި ސްޓިއަރިން ކޮމެޓީގެ މެމްބަރުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް 21 ނޮވެމްބަރުގައި ބާއްވާފައެވެ. އެއީ ވަރަށް ކުއްލި ގޮތަކަށް ބޭއވި ނޫސްވެރިނަގެ ބައްދަލުވުމެކެވެ.

ޕީޕީއެމްގެ ސެނެޓަރ ގެ މަގާމް ފުރުއްވަމުން އަންނަ މުހައްމަދު މަލީހް ޖަމާލް ޕާޓީ ބަދުނާމުކުރާ ކަމަށާއި އަދި ޕާޓީގެ ގަވައިދާ ހިލާފުވެފައި ވާކަމަށް ބުނެ އެޕާޓީގެ ލީޑަރޝިޕުން ސުލޫކީ ކޮމިޓީއަށް މައްސަލައެއްވެސް މިހާރުވަނީ ހުށަހަޅާފައެވެ.

އެގޮތުން ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި ސުލޫކީ ކޮމިޓީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޕީޕީއެމް ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ޕާޓީ ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރެއްވުމުގެ މަސައްކަތްތަކެއް މަލީހް އިސްކޮށް ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަން ޕާޓީގެ ލީޑަޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ލީޑަރޝިޕުގެ ނުވަތަ ސެނެޓުގެ މަޝްވަރާއެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވަވައި ޕާޓީގެ އަސާސްތަކައި ހިލާފަށް ޕާޓީ ބަދުނާމުކޮށް ބައިބައި ކޮށްފައިވާ ކަމަށެވެ.

އެ ސިޓީ ފޮނުވައިފައިވަނީ ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ކޮމިޓީއެއް އެކުލަވައިލެއްވި މައްސަލައިގައެވެ. ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ތިއްބެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އަދި އިދާރީ ގޮތުން އެ ކޮމިޓީގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު އެ ކޮމިޓީގައި ނުހިމެނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: