ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ވަޒީރުނާއި ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް އެމްޑީޕީއިން ހުށައަޅުއްވައިފި

މަޖިލީސް ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ވަޒީރުނާއި ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް އެމްޑީޕީއިން މަޖިލީހަށް ހުށައަޅުއްވަފިއެވެ.

މި ބިލު ހުށައެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމްއެވެ. މި ބިލު ހުށައެޅުއްވި ސަބަބެއްކަމަށް ވިދާޅުވީ އެއީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވައި އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީކަމަށެވެ. އަދި މި ގާނޫނުގެ ސަބަބުން ވަޒީރުންނާ ސުވާލުކުރަން އޮންނަ ފުރުސަތު ހަނިވާކަމަށް ބިލިގައި އޮތެވެ.

މިއީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައިވެސް އޮންނަކަމެއްކަމަށް ވާތީ މި ގާނޫނުގެ ބޭނުމެއް ނެތްކަމަށް ސިފަކޮށްފައިވެއެވެ.

މި ގާނޫނު އުވާލުމަށް ހުށައެޅިއިރު، މަޖިލީހުގެ ގަވައިދުގައި ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް ހުރި ބައެއް މާއްދާތަކަށް އެމްޑީޕީއިން ވަނީ އިސްލާހު ގެނެސްފައެވެ.

އެގޮތުން:

  • ވަޒީރުންނަށް ޖަވާބުދާރިވުމަށް ކުރިން ދީފައި އޮތް 14 ދުވަހުގެ މުއްދަތު ކުރުކުރުން.
  • ވަކި މައުލޫއަކަށް ސުވާލު ކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލުން.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: