ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މިދައުރުގެ 57 ޕަސެންޓު ނިންމާލުމަށްފަހު މެންބަރުން ޗުއްޓީއަށް

ރައްޔިތުންގެ މަޖިލިސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 57.3 ޕަސެންޓު މަސައްކަތް ނިންމާލުމަށްފަހު މެންބަރުން ދެ މަސްދުވަހުގެ ޗުއްޓީއަށް ވަޑައިގެންފިއެވެ.

މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކު ނޮވެމްބަރ މަހު މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ. ނަމަވެސް މަޖިލީހުގެ ތިންވަނަ ދައުރުގައި ނިންމަން ޖެހޭ މަސައްކަތްތަކެއް ނުނިމި ހުރުމާއެކު މަޖިލީހުގެ ދައުރު ވަނީ 3 ފަހަރުގެ މުއްދަތަކަށް ދަންމާފައެވެ.

މިއަދުގެ ޖަލްސާ ނިންމަވަމުން އަސްލަމް ވިދާޅުވީ މިއަހަރުތެރޭ 38 ޖަލްސާއެއް ބޭއްވުނު ކަމަށާއި ޖުމްލަ 93 ގަޑިއިރު މަޖިލީހުގެ ތަޅުމުގައި ހޭދަކޮށްފައިވާ ކަމަށެވެ. މިި މުއްދަތުގައި އިންތިހާބުތަކާއިބެހޭ 4 ޤާނޫނެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން ކައުންސިލްތަކުގެ އިންތިހާބުހާގެ ގާނޫނު، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް، މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް އަދި ކުންފުނީގެ ބިލުގެ މަސައްކަތް ވަނީ ނިންމާފައެވެ.

މީގެއިތުރުން ކުރީ ސަރުކާރުން ހުށަހަޅާފައިވާ 14 ބިލެއް މި ސަރުކާރުން އަނބުރާ ގޮންގޮސްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި މިއަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މަޖިލީހުން މަސައްކަތް ފަށާފައިވާ 25 ގަރާރުގެ ތެރެއިން ހަ ގަރާރެއްގެ މަސައްކަތް ނިންމުމާއި، 17 ގަރާރެއްގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތްއިރު މި ދައުރުގައި ފޮނުވާފައިވާ ފަސް ސުވާލެއްގެ ތެރެއިން އެއް ސުވާލުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި 17 ސުވާލެއްގެ ނޯޓިސް ވެސް ވަނީ ފޮނުވާފައެވެ.

މިއަހަރު ދެވަނަ ދައުރުގައި ރައިސް ނަޝީދު މަޤާމުން ވަކިކުރުމުގެ ހޫނު ބަހުސްގައި އެތައް ދުވަހެއް ވަންދެން މަޖިލިސް އޮތީ މަރުތަޅު އަޅުވައި މަސައްކަތް ހުއްޓާލާފައެވެ. ނަމަވެސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކި ކުރުމުގެ މަސައްކަތް ވެސް އެމްޑީޕީން މި ދައުރުގެ ތެރޭގައި ވަނީ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: