ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ލުއި އަދަބު ދިން ސަބަބުން މިއަދު ސާފު: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި މީގެ ކުރިން ލުއި އަދަބު ދީފައިވާ ސަބަބު ސާފުކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މެންބަރު ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގިކަމަށް ކުރާ ތުހުމަތާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ.

މި މައްސަލައިގައި ބުނެފައިވަނީ ދައުލަތުގެ ޕްރޮސެކިއުޓަރެއް އިސްލާމްދީނުގެ މަތިވެރި އަހުލާގިއްޔަތާއި، އާންމު އަދަބުތަކާއި، ދިވެހި މުޖުތަމައުގެ ގަބޫލު ކުރުންތަކާިއ ހިލާފަށް އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާއިރު، މިފަދަ ފާހިޝް އަމަލުތައް ދިވެހި މުޖުތަމައުގައި އިތުރުވެ އެ ކަންކަން ހުއްޓުވޭނެ ފިޔަވަޅެއް ނޭޅި އާދައިގެ ކަންކަމަށް އެފަދަ ކަންކަން ވަމުންދާކަމަށެވެ.

ދައުލަތް ތަމްސީލު ކުރެއްވުމަށާއި، މީޑިއާތަކަށް މައުލޫމާތު ދިނުމަށް ތިއްބެވި ފަރާތްތަކުގެ ކިބައިން މިކަންކަން ފެނުމުން މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައިއާއި، ދައުވާކޮށް، އަދަބުތައް ތަންފީޒުކުރުމުގައި އިހުމާލްވާކަމާއި، ރައްޔިތުންގެ އިތުބާރު ގެއްލި މާޔޫސްވަމުން އަންނަކަންވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މައްސަލައިގައި ވަކި މީހެއްގެ ނަމެއް ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކުރުމަށް ފަށާފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކާއި ހިއްސާކޮށްފައެވެ.

މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމަކީ ދީނީ ގޮތުން ބޮޑު ފާފައެއް ނަމަވެސް ރާއްޖޭގައި މިފަދަ ކުށްތައް ކުރުން އާންމުވަމުންދާކަމަށެވެ.

މީގެ ކުރިން ފެންމަތިވީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ މައްސަލަތަކުގައި ޕީޖީ އޮފީހުން ދައުވާކޮށްފައިވަނީ ލުއި އަދަބުތަކެއް ލިބޭ ގޮތަށްކަމަށް މެންބަރު ނަޝީދު ވިދާޅުވިއެވެ.

އެ ދުވަހު ދައުލަތުގެ ފަރާތުން ވަކާލާތު ކުރަން ހުރި ވަކީލަކީ އެއްޖިންސުން ގުޅުން ހިންގާ މީހަކަށް ވީމާ އޭނާއަށް ހަޖަމެއް ނުވާނެ އޭނާ ޖަލުގައި އޮންނަން ޖެހޭ ދުވަހު ބޮޑު ހުކުމެއް އަންނާނަކަށް.
މެންބަރު ނަޝީދު ވިދާޅުވިއެވެ.

އެއީ ކީއްވެގެން މިހާރު ސާފުކަމަށާއި، އެހެން ކަން ކޮށްފައިވަނީ އެ އޮފީހުގައިވެސް އެފަދަ މީހުން ތިބުމުންކަމަށް މެންބަރު ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ނަޝީދު ވަނީ މި ކުއްލި މައްސަލަ ބަލައިގަތުމާއިމެދު ވޯޓު ދެއްވި މެންބަރުން މަދުވުމުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓުދެއްވީ 18 މެންބަރުންނެވެ.

ވަރަށް ގަދަ
87%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: