ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސްވި ޑިސެމްބަރު މަހުގެ ނިޔަލަށް 60،000 މީހުން ނަފްސާނީ ބަލީގައި ފަރުވާ ހޯދާފައިވޭ: ސައުދު

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 60،00 މީހުން ނަފްސާނީ ބަލީގައި ފަރުވާ ހޯދާފައިވާ ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި ނަފްސާނީ ބަލީގެ ތަފާސް ހިސާބުތަކަށް ބަލައިލާ އިރުގައި 2019 ވަނަ އަހަރު 7246 އަދި 2020 ވަނަ އަހަރު  1776 އަދި 2021 ވަނަ އަހަރު 16،936 ފަރާތަކަށް އަދި 2022 ވަނަ އަހަރު 28،936 ފަރާތަކަށް ނަފްސާނީ އެހީތެރިކަން އައިޖީއެމް އެޗް މެދުވެރިކޮށް ފޯރުކޮށްދީފައިވާ ކަމަށް ރިކޯޑްތަކުން ދައްކާ ކަމަށް ސައުދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީ ތަކާއި ވެރިކަން ހިންގާ ޕާޓީއިން ވެސް ސިޔާސަތުތައް ރޭވުމުގައި  ރައްޔިތުން ނަފްސާނީ ބަލިމަޑުކަމުން ދުރުކުރުމަށް އެކަމާ ދެކޮޅަށް ވަރުގަދަ ސިޔާސަތުތަކެއް ރާވާއި ހިންގަން ޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރާ އަޅާ ބަލާއިރު، އެންމެން އެއްތަނަކަށް ޖަމާވެ އެއްތަނެއްގައި އެންމެން ތޮށްޖެހިގެން އުޅެން ޖެހުމުގެ ސަބަބުން ދިމާވާ ކަންތައްތަކާއި އާއިލާ ތެރޭގައި ދިމާވާ ކަންކަމާއި މުޖްތަމައު ތެރޭގައި ހުންނަ އެކިއެކި ކަންކަމާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ހަމަޖެހީ ދިރިއުޅުމެއް ހަމަޖެހޭ ވެއްޓެއްގައި އުޅުމުގެ ފުރުސަތު ނުލިބިވާކަމަށް ސައުދު ވިދާޅުވިއެވެ.

ނަފްސާނީ ކަންކަން އިތުރުވަމުންދަނީ ތޮއްޖެހުން އިތުރުވުމާ އެކު އާއިލާތައް ހާސްކަމުގައި އުޅެން ޖެހުމުގެ ސަބަބުން ކަމަށް ސައުދު ފާހަގަކުރެއްވިއެވެ.

މިހާރު ނިމިގެން މިދާ ފަސް އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ އަމާންކަމާ، އެންމެ ރައްކާތެރިކަމާ އެކީގައި ހަމަޖެހޭ ދިރިއުޅުމުގެ ތެރެއަށް ރާއްޖެ އަނބުރާ އައުމަށް ލިބެމުންދާ ފުރުސަތުތަކެއް ކަން ފާހަގަކުރަން. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހަށް ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ހަމަޖެހުމާއި އަދި އިގްތިސާދީ ގޮތުން ދިމާވަމުންދިޔަ ގޮންޖެހުންތަކުން މުހާރު އަރައިގަނެ، އަދި ރައްޔިތުން ތައުލީމަށާއި ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހޭދަ، ސަރުކާރުން ބެއަރކުރަމުން ދިއުމުގެ ސަބަބުން އާއްމު ދިރިއުޅުމުގައި އާއިލާ ތަކަށް މިވަނީ ލުއިތަކެއް ލިބިފައި.

ސައުދު ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި އެހެނިހެން މުހިއްމު ތަކުލީފުތަކުން ސަލާމަތް ކުރުމަށް ސަރުކާރުގެ ސިޔާސަތުތައް އަލުން އަތުރާލަން ޖެހޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިއަހަރުގެ ރިޔާސީ ރޭހުގައި ޕާޓީތަކުގެ ސިޔާސަތު ތަކުން ރައްޔިތުންނަށް ދަތިވާ އެންމެހައި ކަންކަމުން ލުއި ލިބިގެންދާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުތެރޭގައި ހިނގަމުންދާ ހިދުމަތްތަކުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ވަމުންދާ ކަމާއި ކުރިއަށް އޮތް ތަނުގައި ހަރުދަނާވެގެން ދާނެ ކަން ފެނިގެންދާ ކަމަށް ސައުދު ވިދާޅުވިއެވެ.

ނަަފްސާނީ ދުޅަހެޔޮކަމާއި ގުޅުންހުރި ނަފްސާނީ ބަލިތަކަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ބާރު ސްޕީޑެއްގައި އިތުރުވަމުންދާ ކަމަށް ސައުދު ވިދާޅުވިއެވެ. ވުމާއެކު އެކަމަށް ހައްލެއް ގެނައުމަށް އަތޮޅުތެރޭގައި އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމްތައް ވީހާ އަވަހަކަށް ހަމަޖެހިގެން ދިއުމަކީ އޭނާ އެދޭ ކަމެއް ކަމަށް ސައުދު ވިދާޅުވއިެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: