ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ދެވަނަ ފަހަރަށް ރައީސް ސާލިހު ބަލައިގަތުމަކީ ދުރުކަމެއް: އަފީފް

ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ދެވަނަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބަލައިގަތުމަކީ ދުރުކަމެއްކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް، ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލާ މަޖިލީހަށް ހުށައަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ މިއީ ތޮއްޑޫއަށް ވަޑައިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެލެއްވި ވައުދެއްކަމަށެވެ.

މި ގަރާރުގެ ބަހުސްގައި ރައީސް ސާލިހަށް ތާއީދުކުރާ މެންބަރުން ސަބްސިޑީސް ދިނުމުން ގައުމުގެ އިގްތިސާދަށް ގޮންޖެހުންތަކާއި ކުރިމަތިވާނެކަމަށް ބުނާތީ ރައްދުދެއްވާ އަފީފް ވިދާޅުވީ، ސަރުކާރުން މިހާރުވެސް ވަރަށް ގިނަ ސަބްސިޑީ ދެމުން އެބަ އަންނަކަމަށެވެ. ސަބްސިޑީ ދިނުމަކީ ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެކަމަކަށްވާނަމަ ނުވަތަ ދިވެހި ރައްޔިތުންގެ ހާލަތު ބިކަވާނެކަމަކަށްވާނަމަ، ދައުލަތުން މިހާރު ދޭ ސަބްސިޑީތައް ދިނުމުގެ ބޭނުމަކީ ރައްޔިތުން ބިކަކުރުންތޯ އަފީފް ސުވާލުއުފެއްދެވިއެވެ.

ވައުދު ވާންޖެހެނީ ފުއްދޭވަރުގެ ވައުދު، ފުއްދަށް ބޭނުންނުވާކަމަށްވާނަމަ ވައުދު ނުވާނީ. އަޅުގަނޑުމެން މިއަދު މިއޮތީ ގިނަ ޕާޓީ އެކިލެވޭ ސިޔާސީ ނިޒާމެއް.

މިހާރު ރާއްޖޭގައި އޮތީ ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ނިޒާމެއްކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ މި ނިޒާމުގެ އެންމެ މުހިންމު ކަމަކީ، އިންތިހާބުތައް ކާމިޔާބުވުން ފުއްދައިދޭނެ ވައުދުތަކެއް ރައްޔިތުން ގާތުވުންކަމަށެވެ. އަދި އެ ވައުދުތައް ފުއްދައިދިނުމަކީ އެއީ ރައްޔިތުންނާއި ވެރިކަމަށް އަންނަ މީހާއާއި ދެމެދު ވެވޭ އަހުދެއްކަމަށެވެ.

އަފީފް ވިދާޅުވީ މި ސަރުކާރުން އަންނަނީ ރައްޔިތުން ކޮށްދޭން ބުނާ ކަންތައްތަކުގައި ކޮޅުފައިން ޖަހަމުންކަމަށާއި، އަދި މިހެން ކަންތައްތައްކުރާނަމަ ރައްޔިތުން ދެވަނަ ފަހަރަށް އެ މީހަކު ބަލައިގަތުމަކީ ވަރަށް ދުރުގައި އޮންނާނެކަމެއްކަމަށެވެ.  ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ ވައުދުވަމުންދާއިރު، އެ ވައުދުފުއްދޭނެތޯ ބަލަންޖެހޭކަމަށެވެ.

އަފީފް ވިދާޅުވީ ރާއްޖެއަކީ ބިން ކުޑަ ގައުމެއް ނަމަވެސް ރާއްޖޭގައި އުފެއްދޭ ތަކެތި އުފެއްދުމަށް މަސައްކަތްކުރުމަކީ ކުރިއަށް އެޅޭ ފިޔަވަޅެއްކަމަށެވެ. އެންމެ އިސްކަމެއްދީގެން ރާއްޖޭގައި ކުރަންޖެހޭކަމަކީ ދަނޑުވެރިކަމާއި ބެހޭ ގޮތުން ދިރާސާތަކެއްކުރުންކަމަށާއި، ނުވަތަ ރިސަރޗް އިންސިޓިޓިއުޓެއް އުފެއްދުމަކީވެސް މުހިންމުކަމެއްކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އުފެއްދެނީ ކޮން ކަހަލަ ތަކެތިތޯ ބަލައި، އެތަކެއްޗަށް ފޯކަސްކޮށްގެން ދަނޑުވެރިކަން ކުރިއަށް ގެންދިއުމަކީވެސް މުހިންމުކަމެއްކަމަށް އަފީފް ވިދާޅުވިއެވެ.

ސުކޫލު ދައުރުގައިވެސް ކުދިން މިފަދަ މުހިންމު ސިނާޔަތްތަކަށް އަހުލުވެރި ކުރުވަންޖެހޭކަމަށާއި، އަދި މިފަދަ ކަންކަމަށް ޝައުގުވެރިކުރުވަންޖެހޭކަމަށް އަފީފް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ފަދަ ސިނާއަތްތަކަކީ ސުކޫލުތަކުގައި ކިޔަވައިދިނުމުގެ އިތުތަށް ޕްރެކްޓިކަލް މާއްދާއެއްގެ ގޮތުގައި ކިޔަވައިދެވިދާނެ ސިނާޔަތެއްކަމަށް އަފީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: