ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުތުބާ: މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ސުވަރުގެ ނުވަދެވޭނެ!

ލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ސުވާރުގެ ނުވަދެވޭނެކަން ހުކުރު ހުތުބާގައި ހަދުމަކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި މާތް ﷲ ގެ ރަހުމަތުގެ ބޮޑުކަމާއި ތަނަވަސްކަން ވަރަށް ފުޅާކޮށް ތަފްސީލު ކޮށްދެއްވާފައިވާއިރު، ހުތުބާގައި ސުވާލު ކޮށްފައިވަނީ މާތް ﷲ ގެ ރަހުމަތް އެކަލާނގެ ކޯފާގެ މައްޗަށް އިސްވެފައިނުވާނަމަ މި ބިންމަތީގައި އެއްވެސް ދިރޭ އެއްޗަކަށް އުޅެވޭނެތޯއެވެ. ހުތުބާގައި މީސްތަކުން ހޯދައިގަތް ފާފަތަކުގެ ސަބަބުން، ﷲ މީސްތަކުންނަށް އުގޫބަތްދެއްވާނަމަ އެއްވެސް ދިރޭ އެއްޗެއް ބިންމަތީގައި ދޫނުކުރެއްވީސްކަމަށް ބުނެފައިވެއެވެ.

ނަމަވެސް އުގޫބާތް ދެއްވުން ކަނޑައަޅުއްވާފައިވާ މުއްދަތަކަށް އެކަލާނގެ ފަސްކުރައްވާކަމަށާއި، އަދި އަޖަލު އައުމުން ޖަޒާދެއްވާނެކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ގުރުއާނަކީ މާތް ﷲ ރަހުމަތެއްގެ ގޮތުގައި ބާއްވާލައްވާފައިވާ ފޮތެއްކަމާއި، ހަޔާތް ﷲ ގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ އެ ފޮތްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ކީރިތި ގުރުއާނަކީ މުނިފޫހި ފިލުވައިދޭ މިތުރެއްކަމާއި، އެއީ ކަންބޮޑުވުންތައް ދުރަށް ލައިދޭ އެކުވެރިއެއްކަމާއި، އެންމެހާ ބަލިތަކުގެ ޝިފާކަމަށް ހުތުބާގައިވާއިރު، ކީރިތި ގުރުއާނަކީ ފުރާނައިގެ ކާނާކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ތިބާ ﷲ އަށް މުނާޖާ ދަންނަވަން އެދޭނަމަ ގުރުއާން ކިޔަވާށެވެ. ތިބާގެ ވެރި ރަސްކަލާނގެ ދެނެގަތުމަށް ބޭނުންވާނަމަ ގުރުއާން ކިޔަވާށެވެ. އީމާންކަން ހަރުދަނާކުރަން ބޭނުންނަމަ ގުރުއާން ކިޔަވާށެވެ.

ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ގުރުއާން ކިޔެވުމުން ލިބޭނެ ފައިދާތައް ހުތުބާގައި ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި އިމާންކަން ހަރުދަނާވުމާއި، ސުވަރުގޭގެ މަގުން ދަތުރުކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. ކީރިތި ގުރުއާނުގެ އެހީގައި ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތްކުރެވޭނެކަންވެސް ހުތުބާގައިވެއެވެ.

އެކަކު އަނެކަކަށް އޯގާތެރިވުމަކީ ﷲ ގެ ރަހުމަތް ލިބޭނެކަމެއްކަމަށް ހުތުބާގައިވާއިރު، މައިންބައިންނަށް އޯގާތެރިވުމާއި، ހެޔޮކޮށް ހިތުމާއި، އެމީހުން ހިތުގައި ނުޖައްސާ، ހެދުނާއި ހަވިރު އެމީހުންނަށް ހެޔޮ ދުއާ ކުރުމަށްވެސް ހުތުވާގައި ވަނީ ގޮވާލާފައެވެ. ހުތުބާގައި ބުނެފައިވަނީ މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ސުވާރުގެ ނުވަދެވޭނެކަމަށެވެ. އަދި ކުޑަކުދިންނަށް އޯގާތެރިވެ، އަޅާލުމަށްވެސް ހުތުބާގައި ގޮވާލާފައިވެއެވެ. އަދި އެ ކުދިން ރަނގަޅު ތަރުބިއްޔަތުދީ ބޮޑުކުރުމަށްވެސް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: