ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާގެ މަރު: ދެ މީހަކު ފުލުހުންގެ ހައްޔަރަށް!

ނައީމާ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ނައީމާގެ މަރުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.

އިތުރު ތަހުގީގުތައް އަދިވެސް ދަނީ ކުރިޔަށްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރުމަށް ފަހު ތަހުގީގަށް މުހިންމު ހެކިތައް ހުރިކަމަށް ބެލެވޭ ތަނެއް ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިޔަށް ގެންދާ ކަމަށެވެ.

ކޮމިޝަނަރ ވަނީ މި މައްސަލައިގެ ތަހުގީގަށް، ތަޖުރިބާކާރު އިންސްޕެކްޓަރު މުހައްމަދު ސާމިހު ކުރި މަަސައްކަތް ފާހަގަކުރައްވާފަ އެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: