ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާ އަށް ހަމަލާދިނުމަށް ބޭނުންކުރި ތޫނު 2 ހަތިޔާރު ފެނިއްޖެ: ސީޕީ ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ އަށް ހަމަލާދިނުމަށް ބޭނުންކުރި 2 ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ،

ސީޕީ ހަމީދު ވިދާޅުވީ ނައީމާ އަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އަންދާލުމަަށް ފަހު ފަސްއަޅާ ފޮރުވާފައިވާ ތަން ކޮނެ އެތަކެތި ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަ އިތުރަށް ތަހުގީގް ކުރުމަށް ފުލުހުންގެ ތަޖުރިބާކާރު އިންސްޕެކްޓަރެއް ކަމަށްވާ މުހައްމަދު ސާމިއުގެ އިތުރުން ނ އަތޮޅުގެ ފުލުހުން ނައީމާގެ މަރުގެ ތަހުގީގް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރާ މަސައްކަތް ހަމީދު ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން މީގެ ކުރިން ނައީމާގެ މަރުގެ މައްސަލައިގައި ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުންދާ ކަން ހާމަކޮށް އެކަމުގައި ތުހުމަތުކުރެވޭ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: