ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ ހައްޖު ސްޕޮންސަރޝިޕް ލިބުނު މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން މިއަހަރު ހައްޖަށް ދާން ހޮވުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

2019 ވަނަ އަހަރުގެ ކޮވިޑާއި ގުޅިގެން ކުންފުނީގެ ހަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވުން މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައި މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މަހްޖޫބު ޝުޖާއުއެވެ.

އެމްއޭސީއެލްގެ ހައްޖު ސްޕޮންސަރޝިޕަކީ ހައްޖުގެ އަޅުކަން އަދާކުރުމަށް، ކުންފުނީގައި ގިނަދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސަރޝިޕެކެވެ.

ކޮވިޑާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެވޭގޮތް ވުމާއެކު، މިދިޔަ އަހަރުން ފެށީގެން ހައްޖު ކޯޓާ ހޯދުމަށް އެމްއޭސީއެލް އިން ކަމާބެހޭ ފަރާތްތަކާ އެކު ދިޔައީ މަޝްވަރާކުރަމުންނެވެ. މި ކުރެވުނު މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން، މިއަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް، ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން އެމްއޭސީއެލް އަށް ވަނީ 5 ޖާގަ ހަމަޖެހިފައެވެ.

ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ތާހާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން މިވައްޒަފުން ހައްޖަށް ފޮނުވުމެ ސްޕޮންސަރޝިޕަކީވެސް އެގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ތާހާ ވިދާޅުވިއެވެ.

މިއަހަރު ހައްޖު ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް އެކަށއަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: