ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ އައު އެމްޑީ ސައިޓު ވިސިޓެއްކުރައްވައިފި

އެމްޑީ ޝަރީފް ކުރެއްވި ސައިޓު ވިސިޓުގެ ތެރެއިން: ފޮޓޯ/ އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލްގެ އައު މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފް މުހައްމަދު އެއަރޕޯޓުގެ ހާލަތު ދެނަގަތުމުގެ ގޮތުން ސައިޓު ވިސިޓެއްކުރައްވައިފިއެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާގޮތުން އެމްޑީ ޝަރީފް މަސައްކަތްތަކާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހު ކުރެއްވި މަސައްކަތަކީ އެއަރޕޯޓުގައި ބިނާކޮށްފައިވާ ވަސީލަތްތައް ހުރި ސަރަހައްދު ތަކަށް ޒިޔާރަތްކުރައްވާ މަސައްކަތްތައް ބެއްލެވުމެވެ. އެގޮތުން އައު ޕެސެންޖާރ ޓާމިނަލްގެ މަސައްކަތްތައް ބެއްލެވުމުގެ ގޮތުން ވަޑައިގެންނެވިއިރު،މ އައު ފިއުލް ފާމާއި އެހެނިހެން ކުރިއަށް ދާ މަސައްކަތްތައްވެސް އިންސްޕެކްޓުކުރެއްވިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ ފައިދާވާ އެއް ކުންފުނިކަމަށްވާ އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް ވަޑައިގެންފައިވާ ޝަރީފަކީ މީގެކުރިންވެސް ސަރުކާރުގެ އެކި އިސް މަގާމުތައް ފުރުއްވާފައިވާ މީހެއްކަމަށްވާއިރު، އެންމް ފަހުން އަދާކުރެއްވީ އޮސްޓްރޭލިއާގައި ހުންނަ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެއެއްގެ މަގާމެވެ. ޝަރީފްއަކީ ކޮމާސްގެ ދާއިރާއިން މާސްޓާޒް ހާސިލުކުރައްވާފައިވާ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: