ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއެޗްއެސްސީ އާއި ދެމެދު އެއްބަސްވުމެއް ގާއިމުކޮށް އެމްއޭސީއެލްއިން މެރިޓު އެވޯޑު ސްޕޮންސާކޮށްފި

މެރިޓު އެވޯޑު ސްޕޮންސާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗީއެސްއެސްސީ ގެ މެރިޓު އެވޯޑު ސްޕޯންސާ ކުރުމަށް އެމްއޭސީއެލް އިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ހިއްސާކޮށްފައިވާގޮތުން، އެ ކުންފުނިންވަނީ ސެންޓާރ ފޯ ހަޔަރ ސެކަންޑެރީ އެޑިއުކޭޝަނާއިއެކު، މެރިޓު އެވޯޑު ސްޕޮންސާކުރުމަށް އެއްބަސްވުމެއް ގާއިމުކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރައްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ ހެޑުކުއާޓާރގައި ޖޫން މަހުގެ 13ވަނަ ދުވަހުގައެވެ.

އެމްއޭސީއެލް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މަހުޖޫބު ޝުޖާއު ކަމަށްވާއިރު، ސީއެޗްއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، ސްޕޮންސާ އެއްބަސްވުން ގާއިމުކޮށްފައިވަނީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނާއި ތައުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެމްއޭސީއެލްއިން ބުނެފައިވާގޮތުން، ގާއިމު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، ސީއެޗްއެސްސީގެ ގުރޭޑު 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެއިރު، އިތުރު ފުރުސަތުތައްވެސް ފަހިކޮށްދެވިގެންދާނެކަމަށެވެ. އަދި އެމްއޭސީއެލްއިން މެރިޓު އެވޯޑު ސްޕޮންސާކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށްކަންވެސް ފާހަގަކޮށްފައިވެއެވެ.

އެމްއޭސީއެލް މެރިޓު އެވޯޑުގެ ދަށުން ސީއެޗްއެސްސީގެ ދަރިވަރުންގެ ތެރެއިން އަންހެން ދެ ދަރިވަރުންނާއި ފިރިހެން ދެ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް މި އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެ ކުދިން ޝައުގުވެރިވާ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލު ކުރުމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

އެ ކުންފުނީގެ ސީއީއޯ ޝުޖާއު ވިދާޅުވެފައިވާގޮތުން، އެވޯޑު މެދުވެރިކޮށް ހާސިލުކުރައްވަން ބޭނުންވެވަޑައިގަންނަވާ މަގުސަދަކީ، ތައުލީމީ ދާއިރާގެ ކާމިޔާބީތައް ފާހަގަކުރެއްވުމުގެ އިތުން، އެފަދަ މަންޒިލަކަށް ވާސިލުވާ ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދެއްވުމެވެ. އަދި ދަރިވަރުންނަށް ވަޒީފާގެ ތަޖުރިބާތައް ލިއްބައިދެއްވުމުގެ މަގުސަދުވެސް ހިމެނިފައިވާއިރު، އެކަމުގެ ސަބަބުން ތައުލީމީ ހަޔާތަށްފަހު، އެ ކުންފުންޏާއި ގުޅޭ ދަރިވަރުންގެ ނިސްބަތް އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާކަންވެސް ޝުޖާއުވަނީ ހާމަކުރައްވާފައެވެ.

އެމްއޭސީއެލްއިން ބުނެފައިވާގޮތުން، އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމްއަކީ ތައުލީމީ ހަޔާތުގައި ކުރިއަރައިގެންދިއުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމަށާއި ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: