ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްއިން މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ވަޒީފާގައި ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށްފިއެވެ.

ދަރުބާރުގޭގައި، މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ތާހާ ގެ އިތުރުން ކުންފުނީގެ އިސްވެރިން ވަނީ ބައިވެރި ވަޑައިގެން ކަމަށް އެމްއޭސިއެލްއިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ އެ ހަފްލާގައި ޖުމްލަ 139 މުވައްޒަފަކަށް ވަނީ އެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަންކޮށް ހަދާނީ ފިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

މުވައްޒަފުންގެ އަގުވަޒަން ކުރި ދާއިރާތަކަކީ 20 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 24 މުވައްޒަފުނާއި، 25 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 69 މުވައްޒަފުނާއި، 30 އަހަރު ހިދުމަތްކޮށްދެއްވާފައިވާ 35 މުވައްޒަފުނާއި، 35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 6 މުވައްޒަފުނާއި އަދި 40 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 5 މުވައްޒަފުންނެވެ.

އޭގެ އިތުރުން، ކުންފުނީގެ މަސައްކަތުން ރިޓަޔާ ކުރައްވާފައިވާ 11 މުވައްޒަފަކަށްވެސް އެމުވައްޒަފުން ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކޮށް ހަދާނި ފިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޠާހާ ވިދާޅުވީ ކުންފުޏެއްގައި ދިގު މުއްދަތެއް މުވައްޒަފުން ހޭދަކުރާނީ އެކުންފުޏަކީ މަސައްކަތް ކުރުމަށް އެކަށިގެންވާ ތަނަކަށް ވުމުންކަމަށެވެ. އެމްއޭސިއެލް އަކީ މުވައްޒަފުންގެ އަގުވަޒަންކުރާ، މުވައްޒަފުންނަށް ރަގަޅު މާހައުލެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަމަށް ޠާހާ ވިދާޅުވިއެވެ.

ރާއްޖޭގެ މައި އެއާޕޯޓަކީ ދިވެހިން ފަހުރުވެރިވާ އެއާޕޯޓެއްކަމަށް ހެދުމަށް މަސައްކަތްކޮށްވުމަށާއި، އަދި އެއާޕޯޓަށް އަންނަމުންދާ ޒަމާނީ ބަދަލުގައި ހިއްސާވުމަކީ ކޮންމެ މުވައްޒަފެއްގެ ވެސް އުފަލެއްކަމުގައި ހެއްދެވުމަށް ޠާހާ އެދިވަޑައިގެންނެވިއެވެ. އަދި ވެލާނާ އެއަރޕޯޓަކީ ސަރަޙައްދީ ފެންވަރުގެ އެއަރޕޯޓަކަށް ހެދުމަށް ގިނަ ދުވަހު ކުންފުނީގައި މަސައްކަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ތަޖުރިބާ މުހިއްމުކަންވެސް ތާހާ ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: