ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަޝްރޫޢުތައް ހިންގަމުންދަނީ އަސްލަށްވުރެ އެތައް ގުނައެއް އަގުބޮޑުކޮށް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ތަރައްގީގެ ނަމުގައި އެތައް ގުނައެއް އަގުބޮޑުކޮށް ތަކެއްޗަށް ހަރަދުކުރަމުންދާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މިފްކޯއިން ރާއްޖޭގައި ހިންގަމުންދާ މަސައްކަތްތަކަށް އިތުރު ހަރުދަނާކަމެއް ގެނައުމަށްޓަކައި ދާދިފަހުން އެ ކުންފުނީގެ ލައިނަށް އިތުރުކޮށްފައިވާ، “ޖަޒީރާ 103” ބޯޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އިދިކޮޅުގެ އިސް ފަރާތެއްކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވަނީ ފާހަގަކުރައްވާފައެވެ. އޭނާ ހިއްސާކުރެއްވި ފޮޓޯ އަދި ވީޑިއޯއިން ފެނިގެންދާގޮތުން، ބޯޓުުގެ އެތޭގެ ބޮޑެ ބައެއްގައި ދަބަރު ޖަހާފައިވެއެވެ. އޭނާ ވިދާޅުވީ، އެއީ އެތައް މިލިއަން ޑޮލަރެއްގެ ލޯނު ނަގައިގެން ގެނައި ބޯޓެއްކަމަށެވެ. އެހެންނަމަވެސް މި މަހުގެ 18 ވަނަ ދުވަހު އޮޕަރޭޓު ކުރަން ފަށާފައިވާ ބޯޓެއްގައި މިހާރު މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށް އޭނާވަނީ ސަރުކާރަށް ވައްކަން ކުރުމުގެ ތުހުމަތު އަމާޒުކުރައްވާފައެވެ.

މެމްބަރު ވަހީދުވެސް ވަނީ ރައީސް ސާލިހުގެ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދާ ގޮތާއިމެދު ހިތްހަމަނުޖެހުންތައް ހުރިކަން ހިއްސާކުރައްވާފައެވެ. އޭނާ އިޝާރާތްކުރެއްވި ގޮތުން، ރައީސް ސާލިހުގެ ސަރުކާރުން މަޝްރޫޢުތައް ހިންގަމުންދަނީ އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށެވެ. އޭނާ ވިދާޅުވީ، ތަރައްގީއަކީ އަސްލު އަގަށްވުރެ އެތައް ގުނައެއް އިތުރަށް ހަރަދުކޮށްގެން އިންޖީނުގެއެއްގެ އާ އިމާރާތެއް އެޅުން ނޫންކަމަށެވެ.

ވަހީދު ވިދާޅުވީ، ތަރައްގީއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ނުތަނަވަސްކަމަށް ލުއިތަކެއް ގެނެސްދިނުންކަމަށެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް ރައީސް ސާލިހުގެ ފަސް އަހަރުގެ ދައުރުގައި ނުތަނަވަސްކަން ކުޑަ ނުވާކަމަށެވެ. އޭނާ ވިދާޅުވީ، މި ދައުރުގައި ރައްޔިތުންގެ ނުތަނަވަސްކަންވެސް އިތުރުވެފައިވާކަމަށެވެ. އަދި އަތް މަތީގެ ދަތިކަންވެސް އިތުރުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަމަށް ފާހަގަކުރެއްވިއިރު، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކެއް ތެރޭގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންތަކެއްވަނީ ޕާޓީ ދޫކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ސާލިހަށް ތާއީދުކުރައްވާ ފަރާތްތަކުން ބުނަމުންދާ ގޮތުން، އެމްޑީޕީ ދޫކޮށް އެ މެމްބަރުން އެހެން ޕާޓީއެއް ހެއްދެވުމުގެ މަސައްކަތްްކުރަމުންދަނީ މި ސަރުކާރުގައި ކޮރަޕްޝަން ހިންގުމަށް ޖާގަ ނުދިނުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: