ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް މާއްދާއިން ފާސްނުވާ ކުދިން ގިނަވީ، މިސަރުކާރުން ކުދިން ބާކީ ކުރުން ހުއްޓާލީމަ: މިނިސްޓަރު

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާ ސުވާލުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް މާއްދާއިން ފާސްނުވާ ކުދިންގެ އަދަދު ގިނަވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ކުދިން ބާކީ ކުރުން ހުއްޓާލީމައިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް އެޑިއުކޭޝަން މިނިސްޓަރު ހާޒިރުކޮށްފައިވާއިރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލުކުރެއްވީ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ނިސްބަތުން މަދުވަމުން އަންނާތީއެވެ. އަދި ދަސްވާރު ޕްރޮގްރާމް ހުއްޓާލުމަށް ނިންމީ ކީއްވެގެންތޯ ޝިޔާމް ސުވާލުކުރެއްވިއެވެ. މި ޕްރޮގްރާމު ހުއްޓާލުމުގެ ސަބަބުން ދަށް ނަތީޖާ ލިބޭ ކުދިން ބާކީވަމުން އަންނަކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިހާރު އޮތް ނިޒާމުގެ ސަބަބުން ދަށް ނަތީޖާ ލިބެމުން އަންނަ ކުދިން ބާކީވަމުން އަންނަކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދަސްވާރު ޕްރޮގްރާމް ހުއްޓާލި ސަބަބާއި ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، އެ ޕްރޮގްރާމް ފުރިހަމަކޮފައި ތިބި ކުދިންނަށް ސެޓިފިކެޓު ދިނުމަށް ހަޔަރ އެޑިއުކޭޝަނުން އެއްބަސްނުވިކަމަށެވެ. އަދި އެއީ ގަވާއިދާއި ހިލާފަށް ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވާތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަސްވާރު ކިޔަވަދޭ އިންސްޓްރަކްޓާ ވާންޖެހޭނީ ކޮލިފައިޑް މީހަކަށްކަމަށާއި، ކޮންމެ ކޮންމެ މީހެއް ލައްވާ ކިޔަވާދިނުމުން ސެޓްފިކެޓުދެވޭނެ އުސޫލެއް ނޯންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޕްރޮގްރާމް މިހެން ކުރިއަށް ނުގެންދެވޭނެކަމަށާއި، ހުއްޓާލީ ސަބަބަކީ އެއީކަމަށް ވިދާޅުވިއެވެ. ތައުލީމީ ދާއިރާގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުދިން ބާކީކުރުމަށް ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގައި ފަސް މާއްދާ ލިބޭ ޕަސެންޓޭޛް އިންފްލޭޓުކުރުމަށްޓަކައި، އެއަށް މިވައްދަނީ މިކަހަލަ ކޯސްތައް ހަދާފަ ތިބޭ ކުދިން އެއީ މިވެނި ވަރަކަށް މާއްދާއޭ ކިޔާފަ. އަޅުގަނޑުމެން ބޭނުންވީ ދަރިވަރުންނަށް ހަގީގަތުގައި އެނގިގެން ސުކޫލުތަކުން ނިކުންނަން.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވީ ދަރިވަރުން ސުކޫލުތަކުން ނިކުންނައިރު ހަގީގަތުގައިވެސް އެއްޗެއް އެނގިގެން ނިކުތުމަށްކަމަށާއި، އެހެންކަމުން ކޮންމެހެން ފަސް މާއްދާ ކިޔަވައިގެން، އެ ފަސް މާއްދާއިން އިމްތިހާނުގައި ބައިވެރިވަން ޖެހޭ ގޮތަށް މަޖުބުރުކުރުވީކަމަށެވެ. އޭރުގެ ތަފާސްހިސާބުން ފެންނަނީ ފާސްވާ ކުދިންގެ އަސްލު އަދަދު ނޫން ކަމަށާއި، ފާސްނުވާނެހެން ހީވާ ކުދިން ބާކީކުރާކަމަށް ވިދާޅުވިއެވެ. އަދި ފާސްވާ ކުދިންގެ އިންސައްތަ އެކުލަވާލަމުން އައީ ހަމައެކަނި ފާސްވާނެ ކުދިން ހިމަނައިގެންކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ބަލަނީ އެ އިންސައްތައަށް ނޫންކަމަށް ވިދާޅުވިއެވެ.

ފާސްވާ ކުދިންގެ އަދަދު އިތުރުކުރުވަނީ ދަސްވާރުފަދަ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާތީ، އެއީ ވަކި އަދަދެއްގެ މާއްދާއިން ފާސްވީކަމަށް ބަލައިގެން ތަފާސް ހިސާބުތައް އެކުލަވާލާތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: