ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިން ޒިންމާދާރުވާނީ ޒިންމާ އުފުލަން ދަސްކޮށްދީގެން: މިނިސްޓަރު އައިޝަތު އަލީ

ގައުމީ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިން ޒިންމާދާރުވާނީ ޒިންމާތައް އުފުލަން ދަސްކޮށްދީގެންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން މިނިސްޓަރު ވަނީ ދަރިން ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމާއިމެދު ހިތޯބުގައި ވާހަކަދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ، ދަރިންނަކީ ޒިންމާދާރު ބަޔަކަށް ހެދޭނީ މަސްއޫލިއްޔަތުތައް ހަވާލުކޮށްގެންކަމަށެވެ. އައިޝަތު އަލީ ވިދާޅުވީ، އެކަން ހާސިލުވެގެންދާނީ ގޭތެރެއިންނާއި ދިރިއުޅުމުގެ މާހައުލުގައި ކުރިމަތިވެގެންދާ ކަންކަމުން އިބުރަތް ހާސިލުކުރުމުގެ ފުރުސަތު އެ ކުދުންނަށް ދީގެންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެހެންކަމުން އަމަލުތަކުގެ ޒިންމާ އުފުލަންޖެހޭނެކަން ދަރިންނަށް ވިސްނާ ދޭން ވާނެކަމަށެވެ. އަދި އެ ކުދިން ކުރާ ކަންކަމަށް ބުނާ ބަހަކަށް ނުވަތަ އުޅޭ އުޅުމަކަށް ޒިންމާ ނަގާނެ އިތުރު އެހެން ފަރާތެއް ނެތްކަންވެސް ދަސްކޮށްދޭންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެކަން ގަބޫލުކުރައްވާކަމަށެވެ. އަދި އެއީ އިންސާނީ ތޮބިއްޔަތުކަމަށާއި އެހެންނަމަވެސް އެއީ އެހެން ކުދިންނަށް ގަނާކުރުމަށް ބާރުލިބޭ ކަމަކަށް ވެގެންނުވާނެކަމަށްވެސް އައިޝަތު އަލީ ވިދާޅުވިއެވެ.

އައިޝަތު އަލީ ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ނަފްސުގެ ހުރުމަތް ލިބިގެންވާ ކުއްޖެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ތައުލީމުގެ ފައިދާ ދަރިވަރުންނަށް ފުރިހަމައަށް ލިބިގެންދާނީ ރަނގަޅު ތަރުބިއްޔަތު ދެވިގެންކަމަށެވެ. އޭނާ ވިދާޅުވީ، ތަރުބިއްޔަތާއި ނުލައި ތައުލީމެއް ދިނުމަކީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމެއްކަމަށެވެ. އެހެންކަމުން ކުދިން ބަރާބަރަށް ސުކޫލަށް ފޮނުވުމާއިއެކު ބެލެނިވެރިންނަކީ ރީތި ނަމޫނާތަކެއް ދައްކަވާ ބައެއްކަމުގައި ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: