ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން: ރައީސް ނަޝީދު

މަޖިލިސް އިދާރާގައި ބޭއްވި ޕްރެސްއެއްގައި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ މީހެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވަޑައިގަތުމުން، ބައެއް މެމްބަރުން ވަނީ އެބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ކަމަށް ވާތީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދިނުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން މެމްބަރުން އައިޝަތު އަަލީ އާއި ވަނީ ސުވާލުކުރައްވާފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ސްކޫލްތަކުގެ އިނާމް ދިނުމުގެ ޖަލްސާގެ ދައުވަތުތައް ލިބިލައްވާ ކަމަށެވެ.

ވަރަށް ގިނަ ތަންތަނަށް އަޅުގަނޑަށް ދެވިފައިވާނެ. މިހާރުވެސް ވަރަށް ގިނަ ތަންތަނަށް ދައުވަތުތައް ލިބިފައިވޭ. އަޅުގަނޑު ހިތުން އަޅުގަނޑަކީ ތި ވިދާޅުވާ ސިޔާސީ މީހެއް ނޫން.

ސްކޫލްތަކުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކުރުމުގެ ފުރުސަތު ނުލިބޭތީ ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އައިޝަތު އަލީ ވިދާޅުވީ އިނާމް ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހްމާނުން ކަނޑައަޅަނީ ސްކޫލުން ކަމަށެވެ.

މީގެ އިތުރުން އައިޝަތު އަލީ ވިދާޅުވީ ސްކޫލްތަކުގެ އިނާމްދިނުމުގެ ޝަރަފުވެރި މެހްމާން ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީގައި އޮންނަ ކަމަށް ވިދާޅުވިއެވެ.

ޗީފް ގެސްޓެއް ހަމަޖައްސާއިރު އޮވޭ ގައިޑްލައިންއެއް. އެ ގައިޑްލައިންނާއި އެއްގޮތަށް ބޭބޭފުޅުން ހަމަޖައްސަވަނީ. ސްކޫލްތަކުން އަޅުގަނޑުމެންނަށް ފޮނުވާނެ ޗީފްގެސްޓްގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ ބޭފުޅުން. ތިން ޗޮއިސްއެއް ފޮނުއްވަވާ. އާއްމު ގޮތެއްގައި ފުރަތަމަ އޮންނަ ޗޮއިސް އަށް އެޕްރޫވަލް ދެން.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: