ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލް އެކީއެކަށް ދި ޑިމޮކްރެޓްސް އަށް !

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން ދި ޑިމޮކްރެޓްސް އަށް ސޮއިކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ކުޅުދުއްފުށި ސިޓީގެ ހުރިހާ ކައުންސިލަރުން ދި ޑިމޮކްރެޓްސް އަށް ސޮއިކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީގެ ކައުންސިލަރުންނާއި އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދި ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދެއްވި ހަސަން ލަތީފް ވަނީ އެއީ އެ ޕާޓީ އަށް ލިބުނު ކާމިޔާބީ އެއް ކަން ފާހަގަކުރައްވާފައެވެ.

ހަސަން ލަތީފް އާއި އެކު ދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މަޖިލިސް މެމްބަރުންގެ ތެރޭގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ގެ އިތުރުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ހިމެނި ވަޑައިގަންނަވައެވެ.

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިނުމާއެކު، ޕާޓީގެ ފަރާތުން ގެންދަނީ ބާރު ސްޕީޑެއްގައި މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ސަރުކާރުގެ ބައެއް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ވަޒީރުންގެ  ކައުންސިލަރުންނާއި ނައިބު ފެންވަރުގެ ބޭފުޅުންނާއި  އެބޭފުޅުންގެ އާއިލާ ބައެއް މެމްބަރުން ދަނީ ދި ޑިމޮކްރެޓްސް އާއި ގުޅެމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރު ކަމުގެ މަގާމްގައި ހުންނެވި އާއިޝަތު އަލައިކާ އަދުނާން އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު ކަމުގައި ހުންނެވި އަންސާރު އަބްދުއްސައްތާރުގެ އިތުރުން ހޯމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން މުހައްމަދު ހަމްދާން ވަނީ ދި ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުން ވަނީ އެބޭފުޅުން ވަޒީފާއިން ވަކިކޮށްފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ ދަރިކަނބަލުން ނާއި މާލެ ސިޓީ ކައުންސިލްގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލް މެމްބަރު ރީހާން ނާޒިމް ވެސް ވަނީ ދި ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ.

ދި ޑިމޮކްރެޓްސްގެ ފަރާތުން ދާދި ފަހުން ވަނީ އެމްޑީޕީ މައި ހަރުގޭގައި އެ ޕާޓީގެ ފޯމް ފުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެޕާޓީގެ ފަރާތުން ވަނީ އެ ހަރުގޭގައި ލާފައިހުރި ރީނދޫ ކުލައިގެ މަތިން ހުދުކުލަ ލާފައެވެ.

ދި ޑިމޮކްރެޓްސް އިން ބޭނުންކުރަމުންދަނީ ސްކައި ބްލޫ ކުލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: