ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާއި ދެކޮޅަށް 50 ސޮއި؛ އިތުރު ސޮއި ހޯދުމުގެ މަސައްކަތް ކުރިޔަށް

ރައީސް ނަޝީދު މަޖިލީސް ރައީސްކަމުން ވަކި ކުރުމަށްސޮއި ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ/ ފޮޓޯ: ރޮޒެއިނާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކި ކުރުމަށް 50 މެމްބަރަކު ސޮއިކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހޫނުވެ، ޕާލިމަންޓު ގުރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީން މިއަދު ނިންމީ ރައީސް ނަޝީދު ރައީސްކަމުން ވަކި ކުރުމަށެވެ. އެތެރޭގެ މައްސަލަތައް ހޫނުވެ، ރައީސް ނަޝީދަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށް، އެމަނިކުފާނު މަޖިލީސް ހިންގަވަނީ ގަވައިދާ ހިލާފަށްކަމަށް ތަކުރާރުކޮށް ބުނި ނަމަވެސް އެ ޕާޓީގެ ޕީޖީގެ ވިސްނުން އެމަނިކުފާނު ވަކި ކުރުމަށް މީގެ ކުރިން ނެތެވެ.

ރައީސް ނަޝީދާއި އަރިސް، ޑިމޮކްރެޓްސްގެ މެމްބަރުން ސިފަ ކުރާގޮތުގައި އެކަން ކުރިޔަށް ގެންދާނެ ގަޓު އެމްޑީޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނެތެވެ. އަދި ކުރިން ވެސް އެ ފިޔަވަޅު އަޅަން ނުކުރުނީ އެ ސަބަބާއި ހުރެކަމަށް ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ސޮއި ހަމަ ކުރުމުގެ މަސައްކަތް ފެށީ މިއަދުގެ މެންދުރު އެވެ. ނިޒާމު ގެއްލިފައިވާކަމަށް ބުނެ މަޖިލީހުގެ ޖަލްސާ ނިންމާލިތާ މާގިނަ އިރެއް ނުވެ ޕީޖީގެ ބައްދަލުވުމެއް ބާއްވައި ނިންމީ ރައީސް ނަޝީދު ރިޔާސަތުން ދުރު ކުރުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މިހާތަނަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް 50 މެމްބަރަކު ވަނީ ސޮއިކޮށްފަ އެވެ. ސޮއި ހަމަވީ ނަމަވެސް އިތުރު މެމްބަރުން އަދިވެސް ސޮއި ކުރަމުންދާނެކަމަށް އެމްޑީޕީގެ ޕީޖީ ބައެއް މެމްބަރުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި މީދޫ ދާއިރާގެ މެމްބަރު، އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ސޮއި ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވަކި ކުރުމަށް މިއަދު ނިންމި އިރު އަންނަ ހަފްތާގައި މަޖިލީހުގެ ނައިބުކަމުން އީވާ އަބްދުﷲ ވަކި ކުރުމަށް މައްސަލަ ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލަ ވެސް ހުށަހަޅައި ޕީޖީން ބުނީ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމުގެ ވިސްނުން ނެތްކަމަށެވެ. އެހެންވެ އެކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ވެސް އުފެއްދި އެވެ.

މައްސަލައިގައި ބޭއްވި ޕްރެސްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ކަންތައް ގޮސްފައިވާ ހިސާބުގެ ސަބަބުން ރައީސް ނަޝީދަށް ގިނަ ބަޔަކު ކުރާ އިހުތިރާމާއި ގަދަރު ކުޑަވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީސް ރައީސްކަމުން ވަކި ކުރުމަށް ނިންމީ، އެ ގޮނޑީގައި އިތުރަށް ބަހައްޓައިގެން ލިބޭނެ ގެއްލުންތަކަށް ބަލައިކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: