ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންދަން އީވާ ނިންމަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތުން ބޭރުކޮށްލާފައިވާ ކަމަށް ބުނެ އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދެވަނަ ފަހަރަށް އެޖެންޑާކުރި މަޖިލީހުގެ ޖަލްސާވެސް ނިންމާލައިފިއެވެ.

ދެވަނަ ޖަލްސާގެ ރިޔާސަތު ބަލަހެއްޓަވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އެވެ.

މިއަދުގެ ދެވަނަ ޖަލްސާ ނިންމަވާލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު އެޖެންޑާކޮށްފައި އޮތް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރިޔާސަތުން ބޭރުކޮށްފައި ވަނިކޮށް، އެ މައްސަލަ އަލުން ކުރިއަށްގެންދެވޭނެ ކަމަށް ގަބޫލު އެކަމަނާ ޤަބޫލްފުޅު ނުކުރައްވާކަމަށް ވިދާޅުވެއެވެ.

މިއަދުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާފައިވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ. އަފީފް ރިޔާސަތު ބަލަހައްޓަވާފައިވަނީ އީވާ ސަލާމް ފޮނުވުމާއި އެކުގައެވެ. އެހެން ނަމަވެސް ދެވަނަ ޖަލްސާގައި އިވާ ރިޔާސަތު ބަލަހައްޓަވައި ޖަލްސާ ކުރިއަށް ނުގެންގޮސް މިވަނީ ނިންމާލައްވާފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ވަގުތު ރައީސް ނަޝީދު މަޖިލީހުގެ އިދާރާގައި ހާޒިރުވެވަޑައިގެން ހުންނެވިއެވެ.

މިވަގުތުވެސް އެމްޑީޕީގެ މެމްބަރުން ދަނީ 3 ވަނަ ޖަލްސާއެއް މިއަދު ކުރިއަށް ގެންދިއުމަށް އެދި މަޖިލީހުގެ އިދާރީ މޭޒު ދޮށުގައި ވަކާލަތުކުރައްވަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: