ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި މެނޭޖުކުރުމަށް ތަންފީޒު ކުރާނެ ސިޔާސަތުތައް ހާމަކުރުމަށް ގޮވާލައި ގަރާރެއް!

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ބައްޓަން ކުރާނެ ސިޔާސަތުތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށައެޅުއްވި މި ގަރާރުގެ މަގްސަދަކީ ދައުލަތުގެ ދަރަނި ހުރި މިންވަރާއި، އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގައި ހުރި އާމްދަނީ ދެނެގަތުމެވެ. ދަރަނި މަނޭޖުކުރުމަށް ތަންފީޒު ކުރާނެ ސިޔާސަތުތައް ހާމަކުރުމަށްވެސް މި ގަރާރުގައި އެދިފައިވެއެވެ.

މި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކީ ވަށާ ޖެހޭ ތަރައްގީގެ އަމާޒަށް ވާސިލްވެވޭނެ ގޮތަށް ހިންގާ މަޝްރޫއުތަކެއް ނޫންކަމަށެވެ. ރާއްޖޭގެ މާލީ ހާލަތަށް އެކަށޭނެ ތަރައްގީގެ ޕްލޭނެއް އެކުލަވާލަން ޖެހޭކަމަށް ގަރާރުގައިވެއެވެ. އަދި މާލީ ހާލަތު ރަނގަޅު ކުރެވޭނެ ޕްލޭނެއްވެސް އެކުލަވާލާ، އެ ޕްލޭން އާންމު ކުރަންޖެހޭކަމަށް ބުނެފައިވެއެވެ. އަދި މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ޕްލޭންއެއްގެ މުހިންމުކަންވެސް ފާހަގަކޮށްފައިވެއެވެ. ތަރައްޤީގެ މަޝްރޫޢުތަކުގެ ޚަރަދު އަންދާޒާތައް މުހިންމުކަމަށް ފާހަގަކޮށް ގަރާރުގައި ވަނީ، ސްޓްރެޓިޖިކް ޕްލޭންވެސް އާންމު ކުރަން ޖެހޭކަމަށެވެ.

2020 ވަނަ އަހަރު މަޖިލީހުގެ މުޅި ކޮމިޓީއިން ދަރަނި މެނޭޖުކުރުމަށް އަރުވާފައިވާ ލަފައެއް އޮންނާނެކަމަށް ފާހަގަކޮށް ގަރާރުގައި ވަނީ، ދަރަނި ރިސްޓްރަކްޗާ ކުރާނެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލުމަށް ލަފާ އަރުވާފައިވާނެކަމަށެވެ. އަދި ބޭރުގެ ކަމާއި ބެހޭ މާހިރުންގެ ލަފާ ހޯދާ، ކޮމިޓީގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ލަފާ އެރުވި ނަމަވެސް އޭރުގެ ސަރުކާރުން މިފަދައިން އަމަލުކޮށްފައިނުވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ގެރެންޓީ ދިނުމުގައި އަމަލު ކުރާނެ އުސޫލާއި، އަދި ދަރަނީގެ މެދު ރާސްތާގެ ޕްލޭން މުރާޖައާ ކުރުމަށްވެސް އޭރު ލަފާ އެރުވިކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެ ލަފައަށް އަމަލުކޮށްފައިނުވާކަމަށް އީވާގެ ގަރާރުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އީވާގެ ގަރާރުގައި ވަނީ ވެރިކަމާ ހަވާލުވާއިރު ދައުލަތުގެ ދަރަނި ހުރި މިންވަރާއި ދަރަނި މެނޭޖުކޮށްފައިވާ ގޮތާއި، ދަރަނި އަނބުރާ ދެއްކުމަށް އައު ސަރުކާރުން ގެންގުޅޭ ޕްލޭން އާންމުކުރުން ލާޒިމުވާނެ ގޮތަށް ޤާނޫނުގައި އޮތީ މުހިންމު ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: