ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ އަންހެނުންގެ ދުވަސް ހާއްސަކުރީ ފަލަސްތީނުގެ ކަނބަލުންނަށް!

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އަހްނެހުންގެ ދުވަހުގެ މުނާސަބާ ފަލަސްތީނުގައި ތިބި އަންހެނުންނަށް ހާއްސަކުރައްވާކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބާގައި އީވާ ވަނީ ހާއްސަ މެސެޖެއް ފޮނުއްވާފައެވެ. އޭނާ ވިދާޅުވީ، މުޅި ދުނިޔެއިން އަންހެނުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރަމުންދާއިރު މި އަހަރުގެ މި ދުވަސް ފަލަސްތީނުގެ އަންހެނުންނަށް ހާއްސަ ކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށެވެ. އަދި މި ދުވަސް ފާހަގަކުރަން ބޭނުންވަނީ އެ ގައުމުގެ އަންހެނުންނާއި އެއްބައިވަންތަކަން ދައްކުވައިދޭ ދުވަހެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާޗު 8 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުން ހާސިލުކުރަމުންދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުންކަމަށްވާއިރު، މި ދުވަހަކީ މުޅި ދުނިޔޭގެ ހުރިހާ އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް އަލިއަޅުވަންޖެހޭ ދުވަހެއްކަމަށެވެ. އެހެންކަމުން ޣައްޒާގައި ތިބި އުހުތުން ބަޔާންކުރަންވެސް ނޭނގޭ ފަދަ ބިރުވެރިކަމުގެ ކުރިމަތީގައި ދައްކަމުންދާ ހިތްވަރުވެސް ފާހަގަކުރައްވާކަމަށް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ފަލަސްތީނުގައި ހިންގަމުންދާ އުދުވާންތަކުގެ ތެރެއިން 9000 އަށް ވުރެ ގިނަ އަންހެނުން ޝަހީދުވެފައިވާކަމަށް އދ އިން ބުނާކަމަށެވެ. އަދި 80 އިންސައްތަ މައިންނަށް ދަރިންނަށް ކާންދިނުމުގެ ބޭނުމުގައި ބަނޑުހައި ހޫނުކަމާއިވެސް ކުރިމަތިލާންޖެހޭކަމަށް އެ ޖަމާއަތުން ބުނާކަމަށާއި ކޮންމެ ދެ ގަޑިއިރަކުން 2 އަންހެނަކު ޣައްޒާގައި މަރުވާކަމަށެވެ. އޭނާ ވިދާޅުވީ، އެތަނުގައި އެއްވެސް މީހަކަށް ރައްކައުތެރިކަމާއި ސަލާމަތެއް ނެތްކަމަށް އދ އިން ބުނަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގެ އަންހެނުންނާއިވެސް އެއްފަދައިން ފަލަސްތީނުގެ އަންހެނުނަށްވެސް ދިރިއުޅުމާއި ރައްކައުތެރިކަން އަދި ސިއްހަތު ފަދަ ހައްގުތައް ލިބިގެންވާކަމަށެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނުތަކުގެ ދަށުން އަނިޔާވެރިކަމުން ރައްކައުތެރިވުމުގެ ހައްގުވެސް ލިބިގެންވާކަމަށް ފާޙަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދަނީ އިންސާނިއްޔަތާއިވެސް ދެކޮޅަށް ހިންގާ އަމަލުތަކެއްކަމަށާއި އެގައުމުގެ މައްޗަށް މި މައްސަލައިގައި އިންސާފު ގާއިމުކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ދުނިޔޭގެ މުޖުތަމައުން ޣައްޒާގެ އަންހެނުން އެކަނިވެރިކޮށްލައިގެން ނުވާނެކަމަށެވެ. އަދި ޣައްޒާވެސް ދޫކޮށްލައިގެން ނުވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހިންގަމުންދާ އަމަލުތައް ހުއްޓުވުމުގެ ބާރު ބައިނަލްއަގުވާމީ މުޖުތަމައަށް ލިބިގެންވާކަމަށްވުމުން މިހާރަށްވުރެ އިތުރަށް އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. އަދި ހިނގަމުންދާ ކަންކަމުގެ މައްޗަށް އަލިއެޅުވުމުގެ ގޮތުން މިއަދާއި އެހެނިހެން ދުވަސްތަކުގެ ބޭނުންވެސް ހިފަންޖެހޭކަމަށް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އަންހެނުންތަކަކަށް އެހީތެރިކަމުގެ ބޭނުން މިވަގުތު ޖެހިފައިވާނަމަ އެއީ ފަލަސްތީނުގެ އަންހެނުންކަމަށެވެ. އެހެންކަމުން އެއްވެސް ތަނެއްގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާނަމަ ފަލަސްތީނުގެ އަންހެނުންގެ ހައްގުގައި ވަކާލާތުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: