ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ދައުރަކަށް ކެމްޕެއިން ކުރަންޖެހޭނީ މަޖިލީހުގެ މަސައްކަތްތަކަށް ފަހު: އީވާ

މެމްބަރު އީވާ އަބްދުﷲ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރާ މެމްބަރުން ކެމްޕެއިން މަސައްކަތްތަކުގައި އުޅެންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ފަހުކަމަށް މަޖިލީހުގެ ކުރީގެ ނައިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދެ ހަފްތާ ފާއިތުވެ ދިޔައިރު މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިޔަށް ނުގެންދެވުނެވެ. އެ މައްސަލައިގައި ޑިމޮކްރެޓްސް ޕާލިމަންޓު ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނެފައި ވަނީ މަޖިލީހަށް ޖަލްސާތައް ނުގެންދަން އެދި ސިޓީ ފޮނުވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ދެވަނަ ދައުރެއް ހޯއްދެވުމަށް މެމްބަރުން މަސައްކަތް ކުރިނަމަވެސް އޭގެ ކުރިޔަށް އަންނާނީ މަޖިލީހުގެ ބިލުތަކާއި ގަރާރުތައް ކަމަށެވެ. މަޖިލީހުގެ މަސައްކަތް ހުއްޓާލައި މެމްބަރުން ކެމްޕެއިން ކުރަމުން ދާތީ އީވާ ވިދާޅުވީ އެބޭފުޅުން ދެން އަނެއްކާވެސް ގޮނޑިއަށް އިންތިހާބުވާ ހާލަތެއްގައި އަމަލު ކުރައްވާނެ ގޮތާ މެދު ސުވާލު އުފެދޭކަމަށާއި އެކަމާ ރައްޔިތުން ވެސް ވިސްނުން މުހިންމު ކަމަށެވެ.

ހަފްތާއަކު ތިން ދުވަހު ޖަލްސާ އޮންނައިރު އީވާ ވިދާޅުވީ، އެ ޖަލްސާތަކަށް ހާޒިރު ނުވެވޭ ގޮތަށް ކުރާނެ ކެމްޕެއިންއެއް ނޯންނާނެކަމަށެވެ. އަދި މިހާރު މިގޮތުގެ މަތިން އަމަލުކުރާ މެމްބަރުން ދެވަނަ ދައުރެއް ލިބުމުން ކަންވެގެންދާނެ ގޮތާއިމެދުވެސް އީވާ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، އެއީ ރައްޔިތުން ވިސްނާލަންޖެހޭކަންކަން ކަމަށާއި އެކަންކަމާއިމެދު ޑިމޮކްރެޓްސްއިން ކަންބޮޑުވާކަމަށެވެ.

އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ޒިންމާތައް އަދާކުރަންޖެހޭކަމަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ގާނޫނުތައް ފާސްކުރުމާއި ކޮމިޓީ މަރުހަލާގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަންޖެހޭކަމަށެވެ. އަދި ފާރަވެރިވުމާއި ޖަވާބުދާރިކުރުވުމުގެ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަންޖެހޭކަމަށާއި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ބާކީ އޮތީ އެންމެ ދެ މަސް ދުވަސްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: