ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުދިން 3 ވަޒީރުން އަލުން އައްޔަން ކުރުމަކީ ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެކަމެއް: އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނުކުރައްވައި ހުވައި ކުރެއްވުމަކ،ީ ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ކަމެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނު ކުރެއްވުމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ ކިޔުން އިއްވާފއި މިވަނީ މިއަދު މެންދުރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި މައްސަލަ ހުށަހެޅުއްވާ އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނުކުރައްވައި ހުވައި ކުރައްވާފައިވާތީ, މިއީ ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން، ވަޒީރުންގެ މަޖިލީހަށް 17 ނޮވެންބަރު 2023ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާތީ އެކަމާއި މެދު އީވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަނުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެ ކަމަށް ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހުންގެ ނަންތައް އެމީހުން އައްޔަނުކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން ރުހުން ނުލިބުނު ބޭފުޅުންނަކީ އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އަލްއުސްތާޒު އަހުމަދު އުޝާމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމަށް ޢައްޔަންކުރައްވާފައިވާ ޑރ އަލީ ހައިދަރު އަހުމަދުއެވެ. ނަމަވެސް 29 ޖަނަވަރީ 2024ގައި ހަމަ އެ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އައްުޔަނުކުރައްވާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ އީވާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމަކީ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރުމަށް މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލާ ނިންމެވުމެއް ކަމަށެވެ. އަދި އެއީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގެންދާފަދަ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން މިއީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއާއި އަދި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް އީވާ ވިދާޅުވިއެވެ. . އަދި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން އެނގޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ލާޒިމްކުރާ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގައި މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތްކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ 3 ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުންގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އުޝާމް ހިމެނޭކަމާއި ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާއިރު، ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދި މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް 29 ޖަނަވަރީ 2024ގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަލުން އެފަރާތް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެ ފަރާތުން މަގާމުގެ ހުވާކުރައްވާފައިވާކަން ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: