ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފީފްގެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު، މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، މިއަދު ހެނދުނު ބޭއްވި މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެ ޖަލްސާ ވަނީ ނިންމަވައިލައްވައިފައެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން އަންނަނީ މިއީ އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި، ގަވާއިދަށް ފެތޭ ކަމަށް މަޖިލީހުގެ އިދާރާއަށް ފެނިގެން މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާ ގަރާރެއް ކަމަށެވެ. އަދި މަޖިލިސް އިދާރާއިން ވެސް ގަބޫލުކުރާ ގޮތުގައި މައްސަލަ ބޭރު ނުވާ ކަމަށާއި މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެއެވެ.

މަޖިލިސް އިދާރާއިން އެގޮތަށް ނިންމާފައި ވަނިކޮށް، ރިޔާސަތުން އެމައްސަލަ ބޭރުކޮށްނުލެވޭނެ ކަމަށާއި އެއީ މަޖިލިސް ގަވާއިދާ ހިލާފު ކަމެއް ކަމަށާއި އެ ބާރު ރިޔާސަތަށް ލިބިގެން ނުވާކަމަށް މެމްބަރުން ވިދާޅުވެއެވެ. އަދި އަފީފްގެ އެ ނިންމުމަކީ މަޖިލިސް ގަވާއިދާ ހިލާފަށް ނިންމި ހުދުމުހުތާރު ނިންމުމެއް ކަމަށާއި އެހެންވެ، އަފީފާ ގުޅޭ އިމްތިޔާޒީ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށްވެސް އެމްޑީޕީ މެމްބަރުން ވިދާޅުވިއެވެ.

އަފީފް މިއަދުގެ ޖަލްސާ ނިންމެވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާކޮށްފައެވެ. އެގޮތުން 11:30 އަށް އެޖެންޑާ ކުރި ދެވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިސްގެ ނައިބު ރައީސް އީވާ އަބުދުﷲ ވަނީ މިއީ މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއްކަމަށް ވިދާޅުވެ، މަޖިލިސް ޖަލްސާ ނިންމަވައިލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: