ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާރު ބަހުސް ދަންމާލުމަށް ނަޝީދު ވަނީ އެދިފަ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

7 ދުވަހަށް ގަރާރުގެ ބަހުސް ދަންމާލުމަށް ރައީސް ނަޝީދު ހިމެނޭ މަޖިލިސް ވަޓްސްއަޕް ގްރޫޕެއްގައި އެމަނިކުފާނު ވިދާޅުވެފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދަށް އެޖެންޑާ ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ފެށުމާއެކު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ.

އާޒިމް ވަނީ ޖަލްސާގެ ކަންކަން ރީތިކޮށް ގެންދަން ބޭނުންވާ ކަމަށް ވާނަމަ އެނާ އަށް ފުރުސަތު ދޭން ޖެހޭނެ ކަަމަށް ވިދާޅުވެފައެވެ. އަދި އާޒިމް ވަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައި ވަނީ މަޖިލިސް ޤަވާއިދުގެ 61 ވަނަ މާއްދާގެ (ށ) އާއި 204 ވަނަ މާއްދާގެ (ހ)ގައިވާ ޤަވާއިދާއި ޚިލާފަށް ކަަމަށް ވިދާޅުވެފައެވެ. އާޒިމް ވަނީ ނަޝީދު ވަކިކުރަން ހުށަހަޅާފައި އޮތީ ބިލެއްތޯ، ގަރާރެއްތޯ، ކޮމިޓީ ރިޕޯޓެއްތޯ ނުވަތަ މައްސަލައެއްތޯ ސުވާލު އުފައްދަވާފައެވެ.

ޖަވާބުގައި ރިޔާސަތުގައި އިންނެވި މެންބަރު އަފީފް ވަނީ އެ މައްސަލަ ހުށަހަޅާފައި ވަނީ ޤަރާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ)ގެ ދަށުން ހުށަހަޅާފައިވާ ޤަރާރަކަށް އެ ޤަރާރު ވާއިރު، އެ މައްސަލައިގައި ޤަރާރެއްގެ ސިފަ ފުރިހަމަ ނުވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. 82 ވަނަ މާއްދާގެ (ބ)ގައި އޮތީ މަޖިލީހުގެ ރައީސް ވަކިކުރިމަށް މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަސް ކުރިން އެކަން މަޖިލީހަށް އަންގަންވާނެ ކަމަށެެވެ. އަދި ގަރާރުގައި ދީބާޖާ އެއް ނެތް ކަމަށް ފާހަގަކުރައްވާ އާޒިމް ވަނީ މައްސަލަ ކުރިއަށް ގެންދަވަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އާޒިމްގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަޙީދު ވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވައިގެން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއީ މީގެ ކުރިން އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ނުކުތާ އެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަަލައިގައި ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ އެ މައްސަލަ އާއި ދެކޮޅަށް ދަ ޑިމޮކްރެޓްސް އިން ބުނުމާއި އެކު ނިޒާމީ ނުކުތާ ނަންގަވާ ދެއްކެވި ވާހަކައިގައި ރޮޒައިނާ ވިދާޅުވީ މިއީ ކަނޑައެޅިގެން މި ގަރާރަށް ވޯޓަށް އެހުމަށް ދެކޮޅުހެދުމުގެ ގޮތުން ޑިމޮކްރެޓްސްއިން ހިންގާ އަމަލެއްކަމަށެވެ. އަދި ރިޔާސަތުގައި އިންނެވީވެސް ޑިމޮކްރެޓްސްއަށް ނިސްބަތްވާ ވިލުފުށި ދާރިރާގެ މެމްބަރު ހަސަން އަފީފްގެ ވެސް މަސްލަހަތު ހިމެނޭ ކަމެއްކަމަށް ރޮޒައިނާ ފާހަގަކުރައްވާފައިވެއެވެ.

މި ގަރާރުގެ ބަހުސް ކުރިއަަށްދިޔަ ވަގުތު މެމްބަރުން އަޑު ގަދަ ކުރައްވާ ބަހުސަށް ހުރަސްއެޅުމާއި އެކު މެމްބަރު ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ މަޖިލިސް ޖަލްސާ ނިންމަވާލައްވާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް 56 މެންބަރުން ހާޒިރުވެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: