ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ދޭން މުޣުނީ ފޮނުވީ ނިޔާޒްކަމުގެ ތުހުމަތު؛ ނިޔާޒް ވިދާޅުވީ ބަލި ކުރާނީ ވޯޓުންކަމަށް

ރުހުންވެވަޑައިގެން ރައީސް ނަޝީދު ނިޔާޒްއާއި ވާހަކަދައްކަވާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔަކަށް ނުވަތަ، ވަކި މީހަކަށް ގެއްލުން ދީގެން ކުރިއެރުން ހޯދުމުގެ ވިސްނުމެއް ނެތްކަމަށާއި ސިޔާސީ ކަންކަމުގައި ކާމިޔާބީ ހޯދާނީ އިންތިހާބުތަކުންކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލަތައް ގޯސްވެ، ޕާޓީ ދޫކޮށް ދިޔަ މެމްބަރުން އުފެއްދުމަށް މަސައްކަތް ކުރާ އައު ޕާޓީއާއި އެކު ޖަލްސާތައް އިތުރަށް ވަނީ ހޫނުވެފަ އެވެ. ހާއްސަކޮށް އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި އެކު ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވާއިރު މި ހަފްތާގެ މަޖިލީހުގެ ދެ ޖަލްސާ ވެސް މެދުކަނޑާލާފައި ވަނީ ނިޒާމު ގެއްލިފައިވާކަމަށް ބުނެ އެވެ.

ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަވައިދާއި ހިލާފުވާކަމަށް ތަކުރާރުކޮށް ކުރާ ތުހުމަތުތަކަށް ފަހު މި ދެ ދުވަހު މައްސަލަ ހޫނުވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުން އެޖެންޑާކޮށްގެން ވެސް ކުރިޔަށް ނުގެންދެވި އެވެ. އެއީ ރައީސް ނަޝީދާއި އަދި އިދިކޮޅު މެމްބަރުން ރާވައިގެން ކުރާކަމެއްގެ ގޮތުގައި ތުހުމަތުކޮށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުން ވަނީ ތައްޔާރުވެފަ އެވެ.

މަޖިލީހުގެ ތަޅުން އިއްޔެ ހޫނުވި ވަގުތު، ރައީސް ނަޝީދަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހަމަލާ ދޭން އުޅުއްވާ މޭރުމަކުން އަމަލު ކުރައްވާ ވީޑިއޯއެއް އާއްމުވެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް މީދޫ ދައިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ވީޑިއޯއެއް ޓުވީޓު ކުރައްވައި މެމްބަރުންނަށް ހުއްޓުމެއް ނެތި އިންޒާރު ދެމުން ގެންދަނީ އެމަނިކުފާނުކަމަށް ވިދާޅުވެފަ އެވެ.

އެ ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވާ އެއްޗެއް މާބޮޑަށް ސާފުނުވީ ނަމަވެސް، އެނގިފައިވާ ގޮތުގައި އިއްޔެ ހިނގައިދަ ކަންތައްތަކުގެ ތެރެއިން މުޣުނީ އެމަނިކުފާނަށް ހަމަލާ ދޭން ފޮނުވަނީ ނިޔާޒެވެ.

އެ ވީޑިއޯއާއި ގުޅޭގޮތުން ނިޔާޒު ވިދާޅުވީ، އެނާއަކީ ކުޅިވަރު ކުޅުނު މީހެއްކަމަށާއި، ކުޅިވަރުގައި ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުމަކީ އޮންނަކަމެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މައިދާނަށް ނިކުންނަ ކޮންމެ ފަހަރަކީ ކާމިޔާބު ލިބޭނެ ދުވަހެއް ނޫންކަމަށާއި، ބަލިވުމުން އެ ބަލި ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ރިވެތި ސިފައަކީ އެއީކަމަށް ވެސް ވިދާޅުވި އެވެ.
ހަމަލާ ދޭން އުޅުނުކަމަށް ބުނާ ވާހަކައިގެ ރައްދުގައި ނިޔާޒު ވިދާޅުވީ، އެފަދަ އެއްވެސް ނިޔަތެއް ނެތްކަމަށާއި ބަލި ކުރާނީ ވޯޓުން ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީޖީން ފާސް ކުރިނަމަވެސް، އެކަމުގެ ރައްދުގައި ޑިމޮކްރެޓްސްއިން ބުނީ އެ މައްސަލަ ކާމިޔާބު ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: