ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުކުރަން ރައީސް ސާލިޙް ތާއިދު ކުރޭ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ނިންމެވުންތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މަޝްވަރާއާއިއެކު ނިންމާ ނިންމުންތަކެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއެޖެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މަސައްކަތްތައް ފަށާފައިވާއިރު، ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާންވަނީ އެ މައުޟޫއާއި ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

އޭނާ ވިދާޅުވީ، ރައީސް ހުންނަވާނީ ޕީޖީ ގުރޫޕުގެ މެޖޯރިޓީއާއި އެކުގައިކަމަށެވެ. މިއުވާން ވިދާޅުވީ، އެ ޕާޓީގެ ޕީޖީ ގުރޫޕުގައި ތިއްބަވާ އެންމެހާ މެމްބަރުނާއިވެސް ރައީސް ސާލިހު މަޝްވަރާކުރައްވާކަމަށެވެ. އަދި ގުޅުންވެސް ރަނގަޅުކަމަށާއި ރައީސް އަށް އެ ފަރާތްތަކުން އިތުބާރުވެސް ކުރައްވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއުވާން ވިދާޅުވީ، ކަންކަން ކުރިއަށް ދަނީ މަޝްވަރާތައް ކުރެވިގެންނަމަވެސް ރައީސް ވަޑައިގަންނަވާނީ ޕީޖީ ގުރޫޕުގެ މެޖޯރިޓީއިން ނިންމާ ނިންމުމާއި އެކުގައިކަމަށެވެ.

ރައީސް ސާލިހުގެ އެއްބާރުލުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ނިންމެވުމަށް ދެއްވާނެކަމަށް މިއުވާން އިޝާރާތްކުރެއްވިއިރު، އޭޖީ އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށައެޅިގެންދިއުމާއިއެކު، އެމްޑީޕީގެ ތެރޭގައި އޮތް މައްސަލަތައްވަނީ އިތުރަށް ހޫނުވެފައެވެ. އެގޮތުން ޕާޓީއިންވަކި ވި ފަރާތްތަކުން ސަރުކާރަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންދާއިރު، ރައީސް ނަޝީދުގެ އަމަލުތައް ހުންނެވި ގޮތުގެ ސަބަބުން، މަޖިލީހުގެ ތަޅުން ހަލަބޮލިވެ، ޖަލްސާ ހުއްޓިފައިވެސްވެއެވެ.

ޕީޖީ ގުރޫޕުންވަނީ ރައީސް ނަޝީދުގެ ފަރާތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ފާހަގަކޮށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށްޓަކައި ސޮއި ހަމަކޮށްފައެވެ. މަޖިލީހުންވަނީ އެ މައްސަލަ ބަލައިގަނެފައިވާކަންވެސް އާންމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: