ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އިސްތިއުފާދީ ނަމަވެސް، މަޖިލީސް ހިނގަން ޖެހޭ: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވާފައި ނަމަވެސް މަޖިލީސް ހިންގަން ޖެހޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީސް މަރުތަޅި އެޅުވި މައްސަލައިގަިއ މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން މިއުވާން ވިދާޅުވީ މިއަދުގެ ޖަލްސާވެސް ބާއްވާފައި އެވަނީ ރައީސް ނަޝީދު ބޭނުންވެގެންކަމަށެވެ. އެއްވެސް އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ކުރި މަސައްކަތެއް ނެތްކަމަށާއި، މަޖިލީހުގައި މަރުތަޅު އެޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުކަމަށް ވިދާލުވެ ރައިސް ނަޝީދު ދެއްކެވި ވާހަކައިގައި އެއްވެސް އަސްލެއް ނެތްކަމަށެވެ. އަދި ރައީސް ނަޝިދު ބޭނުންފުޅުވާ ގޮތަކަށް އެޖެންޑާ އެކުލަވާލުމުގެ ބާރުވެސް އެބަ އޮތްކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޑިމޮކްރެޓިކް ރިޔާސީ ނިޒާމެއް ހިނގާ ގައުމެއްގައި، ގާނޫނު ހަދާ މަޖިލީސް ހުއްޓިފައި އޮންނަން ޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެކަމަށާއި، ރާއްޖޭގެ އާއި މަޖިލީހުގެ ގަވާއިދުތައް އޮތީވެސް މަޖިލީސް ހުއްޓިފައި އޮންނަންޖެހޭ ގޮތަށްނޫންކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މަޖިލީސް ހިނގާތޯ ރައިސް ކަށަވަރުކުރައްވާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ. އަދި މިކަންކަމާއި ގުޅިގެން ރައީސް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕާއި މަޝްވަރާކުރެއްވިކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މަޖިލިހުގެ ރައިސް ހަމަ ބޭނުންފުޅުވީމަ ޖަލްސާ އެބަ ބޭއްވޭ، މަޖިލީސް ހުއްޓިފައި އޮތީ އެމަނިކުފާނުގެ އިތުޞާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގ މެންބަރުންނަށް އަގުލަބިއްޔަތުން ސޮއިކުރެއްވުމުންކަމަށް ގަބޫލުކުރައްވާކަމަށްވާނަމަ މަޖިލީހުގެ ރައީސްކަމުން ހަމަ ރައީސް ނަޝީދު އިސްތިއުފާދެއްވާފައި ނަމަވެސް ގާނޫނު ހަދާ މަޖިލީސް ހިނގަންޖެހޭނެ.

މިއުވާން ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިފައި އޮތުމުން މަޖިލީސް ނުހިނގާކަމަށް އެމަނިކުފާނު ގަބޫލުކުރައްވާކަމަށް މިއުވާން ވިދާޅުވިއެވެ. އެމަނިކުފާނު އިސްތިއުފާދެއްވާފައި ނަމަވެސް ގާނޫނު ހަދާ މަޖިލީސް ހިންގަން ޖެހޭނެކަމަށް މިއުވާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: