ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ބެނާ ދެމީ ސަރުކާރަކުން ނޫން، އެއީ އެއް ބަޔަކު އަނެއް ބަޔަކަށް ދިން ލަނޑެއް: ސަރުކާރު

"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ދެމި ބެނާ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ބޭއްވި ޖަލްސާގައި އިންޑިއާ އައުޓް ބެނާ ދެމުން އެއީ ސަރުކާރުން ކުރިކަމެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

“ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” ގެ ނަމުގައި މި މަހުގެ 2 ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބޭއްވީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއަށް ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދުމަށް ހޯދުމަށް ކުރެވިދާނެ ކަންކަން ރައްޔިތުންނަށް ސާފުކޮށްދިނުމުގެ މަގްސަދުގައިކަމަށް ޖަލްސާ އިންތިޒާމްކުރި ފަރާތްތަކުން ބުނިއެވެ. މި ޖަލްސާގައި ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނާއި، ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުންވެސް ތިއްބެވިއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޑރ މުހައްމަދު މުނައްވަރާއި، އުމަރު ނަސީރުވެސް ތިއްބެވިއެވެ. އަދި އޭގެ އިތުރުން ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އާޒިމާ ޝަކޫރުވެސް ހިމެނިވަޑައިގަންނަވައެވެ.

މި ޖަލްސާ ބޭއްވުމުގެ ކުރިން “ކަނޑު ވިއްކާލުމާއި ދެކޮޅު” މި އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެއް ބަޔަކު އަނެއް ބަޔަކު ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އޮތްކަން ހާމަވިއެވެ. ރާއްޖެއިން މޮރިޝަސްއަށް ކަނޑުވިއްކާލީކަމަށާއި، އަދި މި މުއާމަލާތުގައި ހަރާކަތްތެރިވީ ތިން ވަނަ ގައުމަކީ އިންޑީއާކަމަށް ބުނާ ބުނުމާއި، ދަ ޑިމޮކްރެޓްސްގެ ބޭފުޅުން ދެކޮޅު ހައްދަވައެވެ. ނަމަވެސް އެ ހިޔާލު ތަފާތުވުން އެއްކިބާކުރުމަށްފަހު އެހުރިހާ ފަރާތްތަކުން ނިކުމެ އިތިބީ ގައުމީ މަގްސަދެއްގައިކަމަށް ބުނެއެވެ.

“ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” މި ޖަލްސާގައި “އިންޑިއާ އައުޓް” ޖެހި ބޮޑު ބެނާއެއްގެ ދެމި މައްސަލައެއް ފެންމަތިވިއެވެ. މި މައްސަލައިގައި ދަ ޑިމޮކްރެޓްއިން ބަޔާނެއް ނެރެ ބުނެފައިވަނީ މިއީ ސަރުކާރުން ފަންޑުކޮށްގެން ފޮނުވި ބަޔަކުކޮށްފައިވާކަމެއްކަމަށެވެ. އަދި ޖަްލސާގައި ހަމަނުޖެހުމެއް އުފެދިދާނެކަމެއް ހިންގަފާނެތީ ބައިވެރިން ތިބީ ތައްޔާރަށްކަމަށްވެސް ބުނެފައިވެއެވެ. މިއީ ފިނޑި ނާތަހުޒީބީ އަމަލެއްގެ ގޮތުގައި ސިފަކޮށް އިދިކޮޅުން ބުނެފައިވަނީ މިފަދަ ފިނޑި ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއްކަމަށެވެ.

މި މައްސަލައިގައި ދަ ޑިމޮކްރެޓްސްއިން ބުނީ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖަލްސާގެ މިސްރާބު ގެއްލުވާލުމަށް ސަރުކާރުން ހިންގާފައިވަނީ ހުތުރު އަދި ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ. ޑިމޮކްރެޓްސްއިން ބުނެފައިވާގޮތުން، ބެނާ ހިފައިން ތިބި ޒުވާނުންނަކީ ސަރުކާރުން ފޮނުވާފައިވާކަމަށާއި، އަދި އެ ކަމުގެ މަގުސަދަކީ ޖަލްސާގެ މިސްރާބު އޮޅުވާލުމަށާއި ހަމަނުޖެހުންތަކެއް އުފެއްދުންކަމަށް މި މައްސަލައިގައި ދަ ޑިމޮކްރެޓްސްއިން ނެރުން ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ ބަހަކީ ކޮބައިތޯ ބެލުމަށް “ސަންގުން” މިއުވާން އާއި ސުވާލުކުރުމުން ވަނީ މިކަންތައް ދޮގުކުރައްވާފައެވެ. އަދި އެފަދަ ގޮތަކަށް ވާހަކަދެއްކުމުގެ މަގްސަދަކީ އެއްގަލަކަށް ނޭރޭ ސިޔާސީ ބޭފުޅުން އެއް ބަޔަކު އަނެއް ބަޔަކަށް ލަނޑުދިނުމުން އެކަމުގެ ތެރެއަށް ސަރުކާރު ވެއްދުންކަމަށް މިއުވާން ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: