ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތަކަށް އެއްޗެއް ލިބެން އޮތް ނަމަ، އެކަމަށް ހުރަހެއް ނާޅާނަން: ޑރ.މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތަކަށް އެއްޗެއް ލިބެން އޮތް ނަމަ، އެކަމަށް އިދިކޮޅުގެ ސަރުކާރެއް އަޔަސް އެއްވެސް ހުރަހެއް ނާޅާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.

މުއިއްޒު މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދީފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ވެރިކަމާއި ހަވާލުވެ ރައީސް ޔާމީން ސަރުކާރުން ދީފައި ހުރި ފްލެޓްތަކެއް މި ސަރުކާރުން އަތުލި މައްސަލައަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކައިގައެވެ.

މުއިއްޒުގެ ސަރުކާރުން ގެންގުޅޭނެ ބޯހިޔާވަހިކަމުގެ ސިޔާސަތު ރޭ އިއުލާން ކޮށްފައި ވާއިރު މެނިފެސްޓޯގައި އޮތް އެއްވައުދަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދީފައި ވަނިކޮށް، މިސަރުކާރުން ފްލެޓް އަތުލި މީހުންނަށް ފްލެޓް ދިނުމެވެ. މުއިއްޒުގެ ސަރުކާރުން ފުރަތަމަ ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުން އެފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް މެނިފެސްޓޯގައި ވަނީ ބުނެފައެވެ.

މުއިއްޒު ވިދާޅުވީ އަލުން ފްލެޓް ދޭނެ ފަރާތްތަކުގެ ތެރޭގައި އަލަތު ކައިވެނި ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފްލެޓާއި އަދިވެސް މިސަރުކާރުން އަތުލި ހުރިހާ ފްލެޓެއް ހިމެނޭނެ ކަމަށެވެ.

“ދިވެހި ރައްޔިތުންނަށް ދިވެހި ސަރުކާރަކުން އެއީ ގޯހުން ވިއަސް، އެއީ ފެއިލްވެފައިވާ ސިޔާސަތަކުން ވިއަސް ރައްޔިތުންނަށް ހެޔޮކަމެއްވަންޏާ އެކަމަކަށް އަޅުގަނޑުމެން ހުރަސް އަޅައިގެން ނުވާނެ. ރައްޔިތަކަށް އެއްޗެއް ލިބޭނެ ކުޑަ ނަމަވެސް، ފުރުޞަތެއް ލިބޭނެ ގޮތައް، އެއީ އަދި ވުގުދުގައި ނެތް ކަމެއް ނަމަވެސް އެކަމަކަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުރަހެއް ނާޅާނަން. އަޅުގަނޑުމެން ކުރާނެކަމަކީ އެ ފުރުޞަތުދީ، އަދި އެ ފުރުޞަތު ނުލިބި ހުރި ހުރިހާ އެންމެންނަށް އެ ފުރުޞަތު ހޯދައިދިނުން” މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުން ފްލެޓް ދިން ނަމަވެސް މިސަރުކާރުން ފްލެޓް އަތުލި މީހުންގެ އަދަދު 3000 އަށް ވުރެ ގިނައެވެ. މި ސަރުކާރުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އެކުލަވާލިއިރު ޑޮކްޓަރުންނާއި ނަރުހުންގެ އަދި ޓީޗަރުންގެ ފްލެޓްގެ އަދަދު މަދުކުރި އެވެ. އަދި ދަފްތަރުގައި ތިބި މީހުންނަށް މަދުކޮށް މާލޭގެ ރައްވެހިންނަށް މީހުންނަށް ފްލެޓް އިތުރުކުރި އެވެ. ހިޔާގެ ކޮމާޝަލް އޭރިއާގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ބަޔަކީ ވެސް ކުރިން ފްލެޓްގެ ގޮތުގައި ދޫކުރަން ނިންމި ތަންތަނެވެ. އޭގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން އަޅަން ފަށާފައި ހުރި ބައެއް ފްލެޓްތަކުގެ މަސައްކަތް ހުއްޓާލުމުންނާއި ސަރުކާރުގެ އެސްއޯއީތަކާއި ހަވާލު ކޮށްފައި ހުރި ފްލެޓްތަކުން ސަރުކާރަށް ލިބެން ޖެހޭ ފްލެޓްތައް ފަހުން ދޫކޮށްލުމުން ވެސް އެތައް ބައެއްގެ ފްލެޓް ގެއްލުނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަޤާމްގައި ހުންނަވައި މުއިއްޒުގެ ވެސް ބޮޑު ހިއްސާއެއް އެކުލެވޭ ގޮތަށް ތަރައްގީ ކުރި ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި އިދިކޮޅުގެ މެނިފެސްޓޯ އިފްތިތާހްކުރުމުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމާއި ގުޅޭ ދުރުރާސްތާ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެއީ 20 އަހަރުގެ ތެރޭގައި 65،000 ހައުސިންގެ ޔަގީންކަމެވެ. ރޭ މުއިއްޒު ހުށަހެޅުއްވި “ދިވެހިންގެ ރާއްޖެ” މެނިފެސްޓޯގައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ޝަކުވާތަކާއި ގުޅިފައިވާ މައްސަލައަކަށްވުމާއި އެކު، މުއިއްޒުގެ މެނިފެސްޓޯގައި ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި މާލޭގެ ސަރަހައްދަށް އެކަނި 65،000 ގެދޮރު ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: